4 ފުޅި ހުވަނދުލިބޭ ސުވާލު: އެނަމާދެއް ނުކޮށް ނުނިދަން ރަސޫލް ޞޢވ, ވަޞިއްޔަތް ކުރެއްވެވި ނަމާދަކީ ކޮބާ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
4 ފުޅި ހުވަނދުލިބޭ ސުވާލު: އެނަމާދެއް ނުކޮށް ނުނިދަން ރަސޫލް ޞޢވ, ވަޞިއްޔަތް ކުރެއްވެވި ނަމާދަކީ ކޮބާ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: އެނަމާދެއް ނުކޮށް ނުނިދަން ރަސޫލް (ޞޢވ) ވަޞިއްޔަތް ކުރެއްވެވި ނަމާދަކީ ކޮބާ؟  

"ތިމަންނާގެ ލޮބުވެތި މިތުރު ރަސޫލް )) 3 ކަމަކަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތްކުރެއްވެވިއެވެ. ދިރިހުރިހައި ހިނދަކު އެ 3 ކަންތައް ކުރުމުގައި ދެމިހުންނާނަމެވެ. އެއީ: (1) މަހަކު 3 ދުވަހު (13،14،15) ރޯދަހިފުމާއި (2) ޟުޙާނަމާދުކުރުމާއި (3) ވިތުރި ނުކޮށް ނުނިދުމެވެ." 

Abu Darda reported: My beloved friend, the Prophet, peace and blessings be upon him, instructed me with three deeds I will never leave for as long as I live: fasting three days a month, performing forenoon prayer, and not sleeping until performing Witr prayer.

Source: Ṣaḥīḥ Muslim 722

Grade: Sahih (authentic) according to Muslim 

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ. 

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ. 

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ. 

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

މިއަދު އޮންލައިން