އިސްތިޚާރާ ނަމާދުކޮށްގެން ކުރާ ކައިވެނި ރޫޅެނީ ކީއްވެ؟: މުފްތީ މެންކުގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިސްތިޚާރާ ނަމާދުކޮށްގެން ކުރާ ކައިވެނި ރޫޅެނީ ކީއްވެ؟: މުފްތީ މެންކުގެ ޖަވާބު

އިސްތިޚާރާ ނަމާދު:

އިސްތިޚާރާ ނަމާދަކީ އަމިއްލައަށް ގޮތް ނިންމަން އުނދަގޫވާ ކަންކަމުގައި ރަނގަޅު ގޮތް ފަހުމްކޮށްދެއްވެވެވުން އެދިގެން ކުރާ ނަމާދެކެވެ. އަލަށް ކަމެއްކުރަން ފަށަންއުޅޭއިރު ކުރަން މިފެށެނީ ތިމާއަށް ފައިދާހުރި ކަމެއްކަން ފަހުމްކުރައްވަވައިދެއްވެވުން އެދިގެންވެސް އޮތީ އިސްތިޚާރާ ނަމާދުކުރުމެވެ. 

ބައެއް މީހުން ލޯބިވެގެން އެތައް ދުވަހަކު އެކުގައި އުޅެފައި ކައިވެނިކުރަންވުމުން އިސްތީޚާރާ ނަމާދުކުރެއެވެ. ނަމަވެސް ރަނގަޅުގޮތަކީ އެމީހަކާއި ގުޅެން ނިންމުމުގެ ކުރިން، ނުވަތަ ޙަޔާތުގެ ބައިވެރިއަކަށް އެމީހާ ކަނޑައެޅުމުގެ ކުރިން އިސްތިޚާރާ ނަމާދުކުރުމެވެ. 

އިސްތިޚާރާނަމާދުކޮށްގެން ކުރާ ކައިވެނި ރޫޅުމުން ބައެއް މީހުން ޝަކުވާކުރެއެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ތިބާއަށް އެންމެ ރަނގަޅު ބައިވެރިޔާ ލިބުން އޮތީ 2 ވަނަ ކައިވެނީގައިކަމަށްވާނަމަ ފުރަތަމަ ކައިވެނިކުރަން ކުރާ އިސްތިޚާރާގައި މިބަޔާންކުރި ގޮތް މެދުވެރިވެދާނެއެވެ. އެއީ ތިބާއަށް އުފަލުގައި އެކުގައި އުޅެވޭނެ ބައިވެރިޔާ 2 ވަނަ ކައިވެނިން ލިބެން އޮތުމުންނެވެ. 

މީގެ އިތުރުން އިސްތިޚާރާ ކުރުމުން ލިބޭ ވިސްނުން ދެނެގަންނަން ނުއެނގުމުގެ މައްސަލަވެސް ކުރިމަތިވެއެވެ. އެހެންވީނަމަވެސް އިސްތިޚާރާ ނަމާދުކުރަންޖެހޭ ކަންކަމުގައި އިސްތިޚާރާ ނަމާދުކުރަންވާނެއެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން