ޝަކުވާ ހުށަހަޅާވަރަށްވުރެ ތަފާތު މާބޮޑު! އެނގިގެންދިއައީ މެންބަރުން ރައީސް ޞާލިޙަށްކުރާ އިތުބާރު! ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަރު!: ފައްޔާޟް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޝަކުވާ ހުށަހަޅާވަރަށްވުރެ ތަފާތު މާބޮޑު! އެނގިގެންދިއައީ މެންބަރުން ރައީސް ޞާލިޙަށްކުރާ އިތުބާރު! ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަރު!: ފައްޔާޟް

"ޝަކުވާ ހުށަހަޅާވަރަށްވުރެ ތަފާތު މާބޮޑު! އެނގިގެންދިއައީ މެންބަރުން ރައީސް ޞާލިޙަށްކުރާ އިތުބާރު! ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަރު!" ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

ވާދަވެރިޔާ އިންތިއަށް ވައިވެސް އެޅެވެންނެތްހައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ފައްޔާޟް ވިދާޅުވީ ޕާޓީ ކުރިއަރުވަން ޕާޓީގެ ހުރިހާ ލީޑަރުންނާއިއެކުގައި މަސައްކަތްކުރައްވާނެ ކަމަށާއި ރައީސް ނަޝީދާއިއެކުގައިވެސް މަސައްކަތް ކުރެއްވޭނެ ކަމަށެވެ. 

ފައްޔާޟް ވިދާޅުވީ އެނގިގެން މިދިއައީ ރައީސް ޞާލިޙްގެ ސަރުކާރަށް އެމްޑީޕީގެ މެންބަރުން ކުރާ އިތުބާރުގެ ބޮޑުކަމާއި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕާޓީން ކާމިޔާބުކުރަން ބޭނުންވާ މިންވަރުގެ ބޮޑުކަން ކަމަށެވެ. 

ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އިމްތިޔާޒް ފަހްމީއަށް، ރައީސް ޞާލިޣް ފައްޔާޟް އިސްމާޢީލަށް ތާއީދުކުރެއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފައްޔާޒަށް ލިބިވަދައިގަތީ 28،520 ވޯޓެވެ. އިންތިއަށް ލިބިވަޑައިގަތީ 20،855 ވޯޓެވެ. ވީމާ ތަފާތުގައި 8000 ވަރަކަށް ވޯޓު އުޅޭތީ އިންތިވަނީ ބޮޑުތަނުން ބަލިވެ، ފައްޔާޟް ވަނީ ބޮޑުތަނުން ގަދަވެފައެވެ. 

ފައްޔާޟް ވިދާޅުވީ އިންތިޚާބުތެރޭގައި އޮތް ވާދަވެރިކަން ދެން ނުއޮންނާނެ ކަމަށާއި އެމްޑީޕީ ކުރިއަށްދާނީ އެއްބައިވަންތަކަމާއިއެކުގައެވެ.

މިއަދު އޮންލައިން