އަހަރެމެންގެ ތެރޭގައި އަބަދުހެން ދެކެވެނީ ވިހެއުމުން އަނބިމީހާގެ ކަންކަމަށް ބަދަލުއަންނަ ވާހަކަތަކެވެ. ޞިއްޙަތު ދެރަވާ ވާހަކައެވެ. ސިފައަށް ބަދަލުތައް އަންނަ ވާހަކައެވެ. އެހެންކަމާއިއެކުގައިވެސް މައްސަލައިގެ ސަބަބުތަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟
ވިހެއުމުން މަސް ދުވަސް (ވިހާތާ 1 މަސް) ވަންދެން އަނބިންނަށް އެހީތެރިވާން ގޭގައި ފިރިން ތިބޭނަމަ އަނބިންގެ ޞިއްހަތު ރަނގަޅުވާ ކަމަށް ދިރާސާއަކުން އަކުން ވަނީ ދައްކައިފައެވެ.
ސްވިޑްގައި ޢާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ވިހެއުމަށްފަހު މައިންނަށް އަރާމުކުރާނެ ވަގުތު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ފިރިންގެ އެހީތެރިކަން ލިބިގެން ނޫނީ މައިންނަށް އަރާމު ނުކުރެވޭނެ ކަމަށެވެ.
މި ދިރާސާ އާއި ގުޅިގެން ޑރ. މެތިޔު ވިދާޅުވެފައިވަނީ ކުއްޖާގެ އެންމެ ލަފަތުގައި މައިންގެ ގައިގެ ހޫނުގެ އިތުރުން ބައްޕަގެ ގައިގެ ހޫނުވެސް ވަރަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ވީހައި ގިނަ ވަގުތު ދެމަފިރިންގެ ހޫނު ދަރިފުޅަށް ލިބޭނެ ގޮތަށް މެދުގައި ދަރިފުޅު ބާއްވައިގެން ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ނިކަން ބުނެބަލާށެވެ! މިފަދަ ވާހަކަތައް ދެކެވޭތޯއެވެ؟ ނުދެކެވޭނަމަ އަވަހަށް ދައްކަން ފަށަމާ ހިނގާށެވެ! ޢަމަލުކުރަންވެސް ފަށަމާ ހިނގާށެވެ!