ޙައިޟުވެރި އަންހެނާއާ ޖިމާޢުވާ މީހާ ހިމެނެނީ ރަސޫލާ ޞޢޥ، ގެ މައްޗަށް ބާވައިލެއްވުނު އެއްޗެއްސަށް ކާފަރުވެއްޖެ މީހުންގެ ތެރޭގަ!- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޙައިޟުވެރި އަންހެނާއާ ޖިމާޢުވާ މީހާ ހިމެނެނީ ރަސޫލާ ޞޢޥ، ގެ މައްޗަށް ބާވައިލެއްވުނު އެއްޗެއްސަށް ކާފަރުވެއްޖެ މީހުންގެ ތެރޭގަ!- ޙަދީޘް

ރަސޫލާ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ.  

((مَنْ أَتَى حَائِضًا أَوْ امْرَأَةً فِي دُبُرِهَا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ))  

މާނައީ: ޙައިޟުވެރި އަންހެނާއާއި ޖިމާޢުވާ މީހާ ނުވަތަ އަންހެނާގެ ފުރަގަސްފަރާތަށް ޖިމާޢުވާމީހާ ނުވަތަ ކާހިނެއްގެ ގާތަށްގޮސް އޭނާބުނާ އެއްޗެއް ތެދުކޮށްފިމީހާ ހަމަކަށްވަރުން މުޙައްމަދު صلى الله عليه و سلم ގެ މައްޗަށް ބާވައިލެއްވުނު އެއްޗެއްސަށް ކާފަރުވެއްޖެއެވެ." 

މިޙަދީޘް ނަގާފައި މިވަނީ އިއްޔެ "އަނބިމީހާގެ ފުރަގަސްފަރާތުގެ ދޮރަށް ޖިމާޢުވެއްޖެ ފިރިހެނަކަށް ﷲ ސުބުޙާނަހޫވަތަޢާލާ ބައްލަވާވޮޑިގެންނުވާ ހުއްޓެވެ. އަދި އޭނާއީ ލަޢްނަތްލެއްވިގެންވާ މީހެކެވެ." ސުރުޚީގެދަށުން ޝާއިޢުކޮށްފައިވާ ލިޔުމުންނެވ 

ބޭނުމަކީ އަޅުގަނޑުމެންގެ ތެރެއިން މަދުބައަކަށް ނަމަވެސް ކެތްތެރިނުވެވިގެން އަނބިމީހާ ޙައިޟުގެ ޙާލަތުގައިވާއިރު މިބޮޑުފާފަކުރެވޭތީ އެކަމުގެ ހުކުމް އޮތްގޮތް ސަމާލުކަމަށް ގެނައުމެވެ. އަދި ފާލުބަލާމީހުންގެ ގާތަށް ގޮސް އެމީހުން ދައްކާ ވާހަކަވެސް ޤަބޫލުކުރެވޭ ކަމެވެ.

މިއަދު އޮންލައިން