ޖުނުބުވެރި ޙާލުގައި ކައިބޮއި ނިދަން ބޭނުންވެއްޖެ ހިނދެއްގައި ވުޟޫކުރުން-

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 25ސ
ޖުނުބުވެރި ޙާލުގައި ކައިބޮއި ނިދަން ބޭނުންވެއްޖެ ހިނދެއްގައި ވުޟޫކުރުން-

4- ޖުނުބުވެރި ޙާލުގައި ކައިބޮއި ނިދަން ބޭނުންވެއްޖެ ހިނދެއްގައި ވުޟޫކުރުން: 

ޖުނުބުވެރިވެފައިވާ ދެމަފިރިން ނިދުމުގެ ކުރިން ވުޟޫކުރަންވާނެއެވެ. މިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްފުޅުތައް މިތަނުގައި ޒިކުރުކޮށްލާނަމެވެ. އަދި މިވުޟޫގެ ޙުކުމްވެސް ބަޔާންކޮށްދެވޭތޯ ބަލާނަމެވެ. 

  • އުއްމުލް މުއުމިނީން ޢައިޝާ رضي الله عنهاގެ އަރިހުން ރިވާވެގެންވެއެވެ. 

(قَالَتْ: كَانَ رَسُوْلُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَرَادَ أَنْ [يَأْكُلَ أَوْ ] يَنَامَ وَهُوَ جُنُبٌ غَسَلَ فَرْجَهُ وَتَوَضَّأَ وُضُوْءَهُ لِلصَّلَاةِ)  

  • މާނައީ: އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޖުނުބުވެރި ޙާލުގައި ހުންނަވަނިކޮށް، ކޭންބެއްލެވުމަށް ނުވަތަ އަވަހާރަފުޅުލެއްޕެވުމަށް ބޭނުންފުޅުވެވަޑައިގެންފިނަމަ، އެކަލޭގެފާނުގެ ޢައުރަ ގުނަވަން ދޮންނަވައެވެ. އަދި ނަމާދަށް ވުޟޫކުރައްވާފަދައިން ވުޟޫކުރައްވައެވެ." 
  • އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.  

(أَنَّ عُمَرَ قَالَ: يَا رَسُولَ اللهِ أَيَنَامُ أَحَدُنَا وَهُوَ جُنُبٌ؟ قَالَ: نَعَمْ. إِذَا تَوَضَّأَ) 

 މާނައީ: ހަމަކަށަވަރުން ޢުމަރުގެފާނު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންބޭކަލުންގެ ތެރެއިން މީހަކު ޖުނުބުވެރި ޙާލުގައި ވަނިކޮށް ނިދިދާނެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އާދޭހެވެ. ވުޟޫކުރުމަށްފަހުގައެވެ." 

 އެހެން ރިވާޔަތެއްގައި ވެއެވެ. 

(تَوَضَّأْ وَ اغْسِلْ ذَكَرَكَ ثُمَّ نَمْ )"

 މާނައީ: ވުޟޫކުރައްވާށެވެ. އަދި ޢައުރަގުނަވަން ދޮންނެވުމަށްފަހު ނިދިކުރައްވާށެވެ." 

 އެހެން ރިވާޔަތެއްގައިވެއެވެ.  

(نَعَمْ. لِيَتَوَضَّأْ ثًمَّ لِيَنَمْ حَتَّى يَغْتَسِلَ إِذَا شَاءَ) 

 މާނައީ: އާދޭހެވެ. ވުޟޫކުރެއްވުމަށްފަހު ނިދިކުރައްވާހުށިކަމެވެ. ހިނައިގަތުމަށް އެދިއްޖެއުމަށް ދާންދެނެވެ." އަދި އެހެން ރިވާޔަތެއްގައިވެއެވެ.  

(نَعَمْ. وَ يَتَوَضَّأُ إِنْ شَاءَ)
 މާނައީ: " އާދޭހެވެ. އަދި އޭނާ ބޭނުންނަމަ ވުޟޫކުރާށެވެ."

 - އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

 

މިއަދު އޮންލައިން