ޤުރްއާން ހިތުދަސްކުރަން ބޭނުންވާ މީހުންނަށް އެންމެ މުހިންމު އެއްކަމަކީ އެކަމުގަ ދެމިހުރެ ކޮންމެ ދުވަހަކުވެސް ލަނޑުދަނޑި ޙާޞިލްކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޤުރްއާން ހިތުދަސްކުރަން ބޭނުންވާ މީހުންނަށް އެންމެ މުހިންމު އެއްކަމަކީ އެކަމުގަ ދެމިހުރެ ކޮންމެ ދުވަހަކުވެސް ލަނޑުދަނޑި ޙާޞިލްކުރުން-

ކީރިތި ޤުރްއާން ހިތުދަސްކުރަން ބޭނުންވާ މީހުންނަށް އެންމެ މުހިންމު އެއްކަމަކީ އެކަމުގަ ދެމިހުރެ ކޮންމެ ދުވަހަކުވެސް ލަނޑުދަނޑި ޙާޞިލްކުރުމެވެ.  

އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރާއި އެކަމަށް ހޭދަކުރެވޭނެ ވަގުތު އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ. މިސާލަކަށް ދުވާލަކު އެންމެ އާޔަތެއް ދަސްކުރެވޭނެ މީހުންވެސް ތިބޭނެއެވެ. ،3 5. 10 އާޔަތް މިހެން ގޮސް އެކި މީހުންނަށް ޤުރްއާން ދަސްކުރުމުގެ ޤާބިލުކަން ހުންނާނީ އެކިވަރަށެވެ.  

ވީމާ އެންމެ މުހިންމު ކަމަކީ ދުވާލަކު ދަސްކުރަން ކަނޑައަޅާ ޢަދަދަށް ކޮންމެ ދުވަހަކުވެސް ދަސްކުރަމުންދިއުމެވެ. އެމަސައްކަތަށް ކަންނެތްވެ ފަރުވާކުޑަނުކުރުމެވެ. ކަންނެތްވެ ފަރުވާކުޑަކުރެވޭނަމަ ހިތްމައްޗަށް ގެންނާށެވެ. ތިމާ ކުރިމަތިލައިގެން މަސައްކަތްމިކުރަނީ ދުނިޔޭގައިވެސް އާޚިރަތުގައިވެސް ތިމާއަށް އެންމެ ބޮޑަށް ފައިދާކުރާނެ މަސައްކަތްކުރުމަށް ކަމެވެ. ކީރިތި ޤުރްއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅު ކަމާއި ހިތުދަސްވުމުން ދެއްވަވާނެ ނިޢްމަތްތަކެވެ.  

އެއިރުން ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ  

ހަމައެއާއިއެކު ތިމާކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި ތައުފީޤް ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން