ރަސޫލާ ޞޢޥ ގެ ޚުލްޤްފުޅަކީ ޤުރްއާން ކަމަށް ބުނެފައި ޤުރްއާން ތަންފީޒްކުރެއްވެވި ވާހަކަ ނުގެނައިމަ ބޮޑުބައި އެދިއައީ އުނިވެގެންނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރަސޫލާ ޞޢޥ ގެ ޚުލްޤްފުޅަކީ ޤުރްއާން ކަމަށް ބުނެފައި ޤުރްއާން ތަންފީޒްކުރެއްވެވި ވާހަކަ ނުގެނައިމަ ބޮޑުބައި އެދިއައީ އުނިވެގެންނޫންތޯ؟

މިއަދުގެ ޚުޠުބާގެ މައިގަނޑު ވާހަކަތައް ބިނާކޮށްފައިވަނީ ރަސޫލާ ﷺ ގެ ޚުލްޤްފުޅަކީ ޤުރްއާން ކަމުގެމައްޗަށެވެ. އެކަލޭގެފާނު އަޅުކަންކުރެއްވި ގިނަކަމާއި ރިވެތި އަޚްލާޤްގައި ނަމޫނާ ދެއްކެވި ވާހަކަތައް ޚުޠުބާގައި ވަނީ ބަޔާންކުރައްވައިފައެވެ. 

ސުވާލަކީ އެހެންކަމަށްވާއިރު ރަސޫލް ﷺ ޤުރްއާނުގައިވާ މަގުން ޤުރްއާނުގައިވާ ޙުކުމްފުޅުތައް ތަންފީޒްކުރެއްވެވި ވާހަކަ ނުގެނައިމަ ބޮޑުބައި އެދިއައީ އުނިވެގެންނޫންތޯއެވެ؟ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ޤުރްއާނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތައް ތަންފީޒުނުކުރެވުންކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ނޫންތޯއެވެ؟ 

ޔަހޫދީން އިންތިހާއަށް ރުޅި އަންނަމުންދިއައިރުވެސް ބަޔާންކޮށްދެއްވަމުން ގެންދެވީ ޤުރްއާނުގައިވާ ޙުކުމްފުޅުތަކެވެ. ބައަކު ކިޔާފާނެ އެއްޗަކަށް ނުބައްލަވައެވެ. މަޤާމް ގެއްލިވަޑައިގެންދާނެތީ ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. 

ﷲ އަށް ބރުވެތިވާ ގިނަބައަކު ބުނާގޮތުގައި މިއަދު މިފެންނަނީ ޤުރްއާނުގައިވާ މަގުން ޙައްޤުބަސް ބުނެ ހާމަކޮށް އަދި މުންކަރާތައް ނަހީކުރަން ތިބި ބޮޑުންގެ ކަރުބުޑަށް ވަޒީފާއެއް ވަނީމާ ޙައްޤުބަހުގެ އަޑުބޭރުނުވެގެން އުޅޭތަނެވެ. އެއަޑުތައް ކަރުތެރޭގައި ތާށިވެގެން އުޅޭތަނެވެ. 

ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުމުން ދެއްވީ އަދަބު ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާއިރު އެ ޙައްދުތައް ޤާއިމުނުކޮށް ޤުރްއާނުގައިވާ އަޚްލާޤަށް ޢަމަލުކުރާނީ ކިހިނަކުންތޯއެވެ؟ މިހިރީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ.

މިއަދު އޮންލައިން