އެއްދާންކޮށްފަ، ސިއްރުބޭޒާރުކުރާ ފިރިން ހިމެނޭނީ ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ޙަޟުރަތުގައި ދަރަޖައިގެ ގޮތުން އެންމެ ނުބައިމީހުންގެ ތެރޭގަ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 47ސ
އެއްދާންކޮށްފަ، ސިއްރުބޭޒާރުކުރާ ފިރިން ހިމެނޭނީ ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ޙަޟުރަތުގައި ދަރަޖައިގެ ގޮތުން އެންމެ ނުބައިމީހުންގެ ތެރޭގަ!: ޙަދީޘް

އެއްދާންކުރުމާއި ގުޅުންހުރި ވާހަކަތައް ފާޅުކުރުމަކީ ފިރިމީހާ އާއި އަނބިމީހާގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. މިކަމާ ގުޅޭ ދެޙަދީޘް ތިރީގައި ބަޔާންކޮށްލާނަމެވެ. 

ރަސޫﷲ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގައި ވެއެވެ. 

«إِنَّ مِنْ أَشَرِّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ الرَّجُلَ يُفْضِى إِلَى امْرَأَتِهِ وَتُفْضِى إِلَيْهِ ثُمَّ يَنْشُرُ سِرَّهَا»  

މާނައީ:  "ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ޙަޟުރަތުގައި ދަރަޖައިގެ ގޮތުން އެންމެ ނުބައިމީހުންގެ ތެރޭގައި، އަނބިމީހާއެކު އެއްދާންކުރުމަށްފަހު އެއަނބިމީހާގެ ސިއްރުތައް ފަތުރާމީހާ ހިމެނޭކަން ކަށަވަރެވެ." 

އަސްމާ ބިންތި ޔަޒީދު رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ((أَنَّهَا كَانَتْ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالرِّجَالُ وَالنِّسَاءُ قُعُودٌ عِنْدَهُ، فَقَالَ: (لَعَلَّ رَجُلًا يَقُولُ مَا يَفْعَلُ بِأَهْلِهِ وَلَعَلَّ امْرَأَةً تُخْبِرُ بِمَا فَعَلَتْ مَعَ زَوْجِهَا). فَأَرَمَّ الْقَوْمُ، فَقُلْتُ: إِي وَاللَّهِ يَا رَسُولَ اللَّهِ، إِنَّهُنَّ لَيَفْعَلُنَّ وَإِنَّهُمْ لَيَفْعَلُونَ. قَالَ: (فَلَا تَفْعَلُوا فَإِنَّمَا ذَلِكَ مِثْلُ الشَّيْطَانِ لَقِيَ شَيْطَانَةً فِي طَرِيقٍ فَغَشِيَهَا وَالنَّاسُ يَنْظُرُونَ))   

މާނައީ: އެކަމަނާ އެއްދުވަހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އިންނެވިއެވެ. އަދި ފިރިހެންބޭކަލުންނާއި އަންހެން ބޭކަނބަލުންވެސް އެތާގައި އިށީނދެވަޑައިންތިއްބެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. . (ފަހަރުގައި ފިރިހެނަކު އޭނާގެ އަނބިމީހާއާއި އެކު ކުރާކަންކަމުގެ ވާހަކަ ދައްކަފާނެއެވެ. އަދި އަންހެނަކުވެސް އޭނާގެ ފިރިމީހާއާއި އެކު ކުރި ކަމެއްގެ ވާހަކަ ޚަބަރުކޮށްފާނެއެވެ). ފަހެ އެތާގައި ތިއްބެވި އެއްވެސް ބޭކަލަކު މިކަމާއި މެދު އެއްޗެއް ވިދާޅުނުވިއެވެ. ފަހެ ތިމަން ބުނީމެވެ. (އާދޭހެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެކަނބަލުން ތިފަދައިން ކަންތައްކޮށް އުޅެއެވެ. އަދި އެބޭކަލުންވެސް ތިފަދައިން ކަންތައް ކުރެއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ފަހެ ތިޔަބައިމީހުން އެފަދައިން ކަންތައް ނުކުރާށެވެ. ފަހެ އެކަމުގެ މިޘާލަކީ ފިރިހެން ޝައިތާނަކު އަންހެން ޝައިތާނަކާއި ބައްދަލުވެ މީސްތަކުން ބަލަންތިއްބާ ގައިގޯޅިވެއުޅޭ އުޅުމެވެ). 

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

 

 

 

މިއަދު އޮންލައިން