އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ފައްޔާޒް ހަވާލުވެއްޖެ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 34ސ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ފައްޔާޒް ހަވާލުވެއްޖެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމާ ރަސްމީކޮށް ފައްޔާޒް އިސްމާއިލް ހަވާލުވެވަޑައިގެންފިއެވެ.

މިކަމާގުޅިގެން އެމްޑީޕީން ބުނެފައިވަނީ އިކޮނޮމިކް މިނިސްޓަރު ކަންވެސް ކުރައްވާ ފައްޔާޒް، އެޕާޓީގެ ޗެއާޕާސަންގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެން، ޕާޓީގެ ސެކްރެޓޭރިއެޓްގެ ވެރިންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ  ޗެއާޕާސަން ހޮވުމުގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންތިހާބެވެ. ފައްޔާޒަށް މި އިންތިހާބުގައި ޖުމުލަ 27،841 ވޯޓު ލިބުނު އިރު އިމްތިޔާޒަށް ލިބުނީ 20،425 ވޯޓެވެ.

 

 

މިއަދު އޮންލައިން