ތިރީގައި އެވަނީ
މިއީ މަޝަހޫރު ބޮކްސިން ޗެމްޕިއަން އަލްމަރުޙޫމް މުޙައްމަދު ޢަލީ ދައްކަވާފައިވާ ވާހަކަކޮޅެއްގެ ޚުލާޞާއެކެވެ. މުޙައްމަދު ޢަލީ ވިދާޅުވެފައިވާ ބަސްފުޅުތަކަކީ ގިނަގިނަގިނައިން ހަނދާންކުރަންޖެހޭ ވަރަށް ޢިބްރަތްތެރި ވާހަކަފުޅަކަށްވުމުން ހަނދާން އައުކޮށްލީއެވެ.
އަހަރެމެން މި ބޭނުންކުރާ ހުރިހާ ތަކެއްޗަކީވެސް ކޮންމެވެސް މީހަކު އުފެއްދި ތަކެއްޗެކެވެ. އެއްވެސް މީހަކު އުފެއްދުމުން ނޫނީ އެއްވެސް އެއްޗެއް ނުހުންނާނެއެވެ. އިމާރާތެއް ވެސް ހުންނާނީ ކޮންމެވެސް މީހަކު އިމާރާތެއް އެޅުމުންނެވެ. އެއްވެސް އިމާރާތެއް އަމިއްލައަކަށް ނުއެޅޭނެއެވެ. ވީއިރު އިރާއި ހަނދާއި ކައުނުގައިވާ ތަކެތި އުފައްދަވައި އެތަންތަނުގައި ލެއްވެވީ ކޮން ފަރާތަކުން ހެއްޔެވެ؟
މިހިރީ ބިއްލޫރި ތަށްޓެކެވެ. މިއީ އެއްވެސް މީހަކު އުފެއްދި އެއްޗެއް ނޫން ކަމަށް ބުނެފިނަމަ މުޙައްމަދު ޢަލީ އަކީ ބޮޑު މޮޔައެއް ކަމަށް ނުބުނާނަން ހެއްޔެވެ؟ މިއީ ބޮޑު އިމާރާތެކެވެ. މިއީ އެއްވެސް މީހަކު އެޅި އިމާރާތެއް ނޫން ކަމަށް ބުނެފިނަމަ މުޙައްމަދު ޢަލީ އަކީ ބޮޑު މޮޔައެއް ކަމަށް ނުބުނާނަން ހެއްޔެވެ؟
އެއްވެސް މީހަކު މަރެއް ނުވެއެވެ. މަރުވަނީ އެމީހެއްގެ ހަށިގަނޑެވެ. އެމީހެއްގެ ފުރާނަ ދިރިހުރެއެވެ. މިއަދު މިފެންނަނީ އަހަރެމެންގެ ހަށިތަކުން ކުރާ އަމަލުތައް އިމްތިޙާން ކުރައްވަވާތަނެވެ. އަހަރެމެންކުރާ ޢަމަލުތައް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ދުނިޔޭގައި އަހަރެމެންނަށް މިލިބޭ އެއްވެސް ނިޢްމަތަކީ ދާއިމަށް ލިބޭ އެއްޗެއް ނޫނެވެ. ވީމާ އަހަރެމެންގެ ދާއިމީ މަންޒިލަކީ ސުވަރުގެ ކަމަށް ހަދަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ.
އިނގިރޭސިވިލާތަށް ބަލައިފި ނަމަ އެތައް ބައިވަރު ރާނީން މަރުވެ ހިނގައްޖެއެވެ. އެކަކު ދިއުމުން އަނެކަކު ރަނިކަން ކުރަނީއެވެ. މިފަދަ ކަންކަމުން މިއެނގެނީ އަހަރެމެން އެއްވެސް މީހަކީ ދާއިމަށް ދުނިޔޭގައި ހުންނާނެ މީހެއް ނޫން ކަމެވެ. ވީމާ އެންމެ މުހިންމީ އަހަރެމެން މަރުވުމުން އަހަރެމެންނަށް ދެން ވާނެ ގޮތެކެވެ. ސުވަރުގެދާން ބޭނުން މީހާއަށް އޮތީ ﷲ ތަޢާލާއަސް އީމާންވެ ހެޔޮ އަމަލުތައް ކުރުމެވެ.
<blockquote class="twitter-tweet" data-lang="en"><p lang="et" dir="ltr">Maai Allah, Mohamed Ali ah Rahumai lahvaashi! Ameen.<br>Pls watch it... <a href="https://t.co/wFqMMH178s">pic.twitter.com/wFqMMH178s</a></p>— Ali Zaid (@alizaid1000) <a href="https://twitter.com/alizaid1000/status/1138679604489515008?ref_src=twsrc%5Etfw">June 12, 2019</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>