ދަރިންނަކީ، ހުޝިޔާރު، ތޫނުފިލި، މޮޅު ބައެއްގެ ގޮތުގަ ތަރުބިއްޔަތުކުރަން ބޭނުން ނަމަ ވިސްނައިލުން އެންމެ މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދަރިންނަކީ، ހުޝިޔާރު، ތޫނުފިލި، މޮޅު ބައެއްގެ ގޮތުގަ ތަރުބިއްޔަތުކުރަން ބޭނުން ނަމަ ވިސްނައިލުން އެންމެ މުހިންމު ބައެއް ކަންކަން-: މުފްތީ މެންކް

ކުޑަކުދިންގެ ވިސްނުމަކީ ހުސް ތެއްޔެއް ފަދަ އެއްޗެކެވެ. އޭގައި ހުންނާނީ އެއަށް އެޅި އެއްޗެކެވެ. ވީމާ ކުއްޖާގެ ވިސްނުމަށް ރަނގަޅު ކަންކަން އަޅައިފުރާލުމަކީ މައިންބަފައިން ކުރަންޖެހޭނެ ކަމެކެވެ. ވީމާ އެންމެ ތުއްތު އިރުންސުރެ ކުއްޖާއަށް ރަނގަޅު، ފައިދާހުރި، އެކުއްޖާ ކުރަންޖެހޭނެ ކަންކަން ވިސްނައިދެމުން ގެންދާށެވެ. 

ހަނދާންކުރާށެވެ! ކުއްޖަކާއި ދިމާއަށް އޭނާއަކީ ހުތުރު ކުއްޖެއް، ކަންކަން ނުކުރެވޭ، ކުޅަދާނަކަމެއް ނެތް ކުއްޖެއް ކަމަށް ބުނާނަމަ އެކަންކަން ކުއްޖާއަށް އެގޮތަށް ޤަބޫލުކުރެވޭނެއެވެ. އަދި ކުއްޖާއަކީ ރީތި، ރަނގަޅު، ހުނަރުހުރި، ޤާބިލް، ކުއްޖެކަމަށް ބުނާނަމަ ކުއްޖާއަށް އެކަންކަން އެގޮތަށްވެސް ޤަބޫލުކުރެވޭނެއެވެ. އެއރުން އެފަދަ ކުއްޖަކަށްވުމަށްވެސް މަސައްކަތްކުރާނެއެވެ. 

ހަމައެއާއިއެކު ކުއްޖަކާއި ދިމާއަށް ބުނާ ބަސްތަކުގެ އިތުރުން ކުއްޖާއާއިިމެދު ކަންކަންކުރާ ގޮތްވެސް ދާނީ "ތެއްޔަށް އެޅެމުން"، ވިސްނުމުގައި ހަރުލަމުންނެވެ. ހަމަ އެއާއިއެކު ސަމާލުކަން ދޭންވީ ހަމައެކަނި ކުއްޖާ އާއިމެދު ޢަމަލުކުރާ ގޮތަކަށް ނޫނެވެ. ދެމަފިރިން އެކަކު އަނެކަކަށް ކަންކަންކުރާ ގޮތަށްވެސް ސަމާލުކަންދޭންޖެހޭނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް ރަނގަޅު، ރިވެތި ގޮތުގައި މުޢާމަލާތުކުރަންވެސް ސަމާލުކަންދޭންވާނެއެވެ. ކުއްޖާއަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ދާނީ ދަރިފުޅުގެ ވިސްނުމުގައި ހަރުލަމުންކަން ދަންނަންވާނެއެވެ.

ވީމާ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ޢާއިލާ ކުރިއަރުވަން ބޭނުން ނަމަ މިބަޔާންކުރި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. ދެމަފިރިންގެ މެދުގައާއި އަދި ދަރިންނާއި ކުރާ މުޢާމަލާތުތަކަކީ ލޯބިންކުރާ މުޢާމަލާތުތަކަކަށް ހަދަންޖެހޭނެއެވެ. އެގޮތަށް ކަންކަން ކުރެވިއްޖެނަމަ ޢާއިލާއަށް ދާނީ އުފާވެރިކަން އިތުރުވަމުންނެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން