4 ފުޅި ހުވަނދުލިބޭ ސުވާލު: ނަމާދަށް ވުޟޫކުރުމުގެ ކުރިން ދަތްއުނގުޅުމަކީ ސުންނަތެއްތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
4 ފުޅި ހުވަނދުލިބޭ ސުވާލު: ނަމާދަށް ވުޟޫކުރުމުގެ ކުރިން ދަތްއުނގުޅުމަކީ ސުންނަތެއްތަ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: ނަމާދަށް ވުޟޫކުރުމުގެ ކުރިން ދަތްއުނގުޅުމަކީ ސުންނަތެއްތަ؟   

ޙަދީޘްފުޅުގައި މީސްތަކުންނަށް ބުރައަކަށް ނުވާނެ ނަމަ ކޮންމެ ފަހަރު ވުޟޫކުރުމުގެ ކުރިން ދަތް އުނގުޅަން އަމުރުކުރެއްވެވީސް ކަމަށެވެ.  

Abu Hurayrah quotes the Prophet as saying: “If it were not for fear that I would place hardship on my community, or on people, I would have ordered them to use the tooth stick at every prayer.” (Related by Al-Bukhari). 

އެއިރަކު ދަތްއުނގުޅާ ބުރުހެއް ނުގެންގުޅެއެވެ. ބޭނުންކުރަނީ ސިވާކް ދަނޑިއެވެ. ޒައިތޫނި ގަހުގެ ދަނޑިވެސް ބޭނުންކުރެއެވެ. ކޮޅުޗިސްކޮށްލުމުން ހީވާނީ ހަމަ ބުރުހެއްހެންނެވެ. ރަސޫލާ ބޭނުންފުޅު ކުރެއްވެވީ ސިވާކް ދަނޑިއެވެ.  

މި ހަދީޘްފުޅުން އެނގޭ 2 ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ މީސްތަކުންނަށް ތަކްލީފަކަށްވެދާނެ ބުރަ އުފުލަން ޖައްސަވަން ރަސޫލް ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމެވެ. ދެވަނަ ކަމަކީ ކޮންމެ ނަމާދަކަށް ވުޟޫކުރުމުގެކުރިން ދަތް އުނގުޅުމަކީ އެކަމަކަށް ކިހައި ބޮޑަކަށް ބޭނުންފުޅުވެވަޑައިގެންނެވި ކަމެއް ކަމެވެ.  

ފަރުޟު ނަމާދުތަކަށް ވުޟޫކުރެއްވެވުމުގެ ކުރިން ދަތްޕުޅު އުނގުޅުއްވެވުމުގެ އިތުރުން އަވަހާރަފުޅު ލެއްޕެވުމުގެ ކުރިންނާއި ދަމުނަމާދަށް ތެދުވެވަޑައިގަތުމަށްފަހުގައި އަދި އަވަހާރަފުޅުން ހޭފުޅު ލެއްވެވުމަށްފަހުގައި ވެސް ދަތްޕުޅު އުނގުޅުއްވެވިއެވެ. ވީމާ ކެރިކުޅަދާނަނަމަ ކޮންމެ ނަމާދަކަށްވެސް ވުޟޫކުރުމުގެކުރިން ދަތްއުނގުޅާސެވެ. އެއީ މަތިވެރިވެގެންވާ ސުންނަތެކެވެ.  

ތިބާ ނަމާދަށް ހުންނައިރު މަލާއިކަތުން ތިބާގެ އަނގައިގެ ވަސް ބައްލަވަތެވެ. ވީމާ އަނގަތެރެ ށާފުކޮށް މީރުވަސް ދުއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.  

_______________________________________________ 

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ.  

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ.  

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ.  

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

މިއަދު އޮންލައިން