ޙައްޤުތަކާ އަނިޔާގެ "ބައްޕަ" އެމެރިކާގަ އަށާރަ އަހަރުގެ ކުއްޖަކު މާމަ މަރާލުމަށްފަހު ނަވާރަ ދަރިވަރުންނާ 2 ޓީޗަރުންގެ ގައަށް ބަޑިޖަހާ މަރާލުން – ދުނިޔޭގެ ކަންބޮޑުވުމަކަށް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
ޙައްޤުތަކާ އަނިޔާގެ "ބައްޕަ" އެމެރިކާގަ އަށާރަ އަހަރުގެ ކުއްޖަކު މާމަ މަރާލުމަށްފަހު ނަވާރަ ދަރިވަރުންނާ 2 ޓީޗަރުންގެ ގައަށް ބަޑިޖަހާ މަރާލުން – ދުނިޔޭގެ ކަންބޮޑުވުމަކަށް!

އެހެން ޤައުމުތަކަށް ޙައްޤުތަކާއި އަނިޔާއަކީ ކޮބައިކަމާއި އަނިޔާއިން ސަލާމަތްވާނެ ގޮތް ކިޔަވައިދޭ އެމެރިކާގައި 18 އަހަރުގެ ކުއްޖަކު މާމަ މަރާލުމަށްފަހު 19 ދަރިވަރުންނާ 2 ޓީޗަރުންގެ ގައަށް ބަޑިޖަހާ މަރާލައިފި އެވެ. 

ރިޕޯޓްތައް ބުނާގޮތުން އޭނާ ފުރަތަމަ މާމަ މަރައިލީ ގޭގައެވެ. މާމަ މަރާލުމަށްފަހު މެދު ސްކޫލަކަށްގޮސް ބަޑިޖަހަންފެށީއެވެ. މަރުވި ކުދިންނަކީ 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނެވެ. 2 ޓީޗަރުންނަކީ އެކުދިންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރި ބަޠޮލުންނެވެ. 2 ޓީޗަރުންނަކީވެސް ކައިވެނިކޮށް ދަރިން ލިބިފައިވާ ދެ ޓީޗަރުންނެވެ. 

މިކަމާއި ގުޅިގެން ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ. "އެންމެ ކުރިއަރާފައިވާ އެމެރިކާގައި މީގެ 10 އަހަރުކުރިންވެސް ހަމަ މިފދަ ޤަތުލު ޢާންމެއް ހިންގިއެވެ. ކޮންމެ މީހަކުވެސް ދަރިން ސްކޫލަށް ދޫކޮށްލށާފައި އަންނަނީ ވަރަށް ފޮނި އުންމީދުތަކާއެކުގައެވެ. ނަމަވެސް ސްކޫލުން ގެންނަން މިޖެހެނީ މަރާލާފައިވާ ހަށިތަކެވެ. ކުރިއަރައި ތަރައްޤީވުމަކީ ދަރިން ސްކޫލަށް ފޮނުވަން ބިރުން ތިބެންޖެހުންތޯއެވެ؟" 

އިތުރު މައުލޫމާތާއި ފޮޓޯތައް ބައްލަވައިލެއްވުމަށް: 

https://www.mirror.co.uk/news/us-news/breaking-texas-school-shooting-two-27056257?utm_source=mirror_newsletter&utm_campaign=daily_morning_newsletter2&utm_medium=email

 

މިއަދު އޮންލައިން