ރޯގާޖެހުން ފަދަ ކަންކަން މެދުވެރިވުމުން މޫސުމާއަޅުވައި ނިންމާނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ރޯގާޖެހުން ފަދަ ކަންކަން މެދުވެރިވުމުން މޫސުމާއަޅުވައި ނިންމާނުލާށެވެ!

ރޯގާޖެހުން، ހުންއައުން ފަދަ ކަންކަން މެދުވެރިވުމުން ބައެއް މީހުން ވަރަށް ފަސޭހައިން މޫސުމާއަޅުވައި ނިންމައިލައެވެ. އެއީ މޫސުމުގެ ސަބަބުން މެދުވެރިވި ޙާލަތެއްކަމަށް ހަދައެވެ. 

ކަމުގެ އަޞްލަސް ބަލައިފިނަމަ މޫސުން ފިނިވެ ހޫނުގަދަވަނީ އެކަމަށް ﷲ އިރާދަކުރެއްވެވުމުންނެވެ. މޫސުން ކިތަންމެ ފިނިގަދަވިނަމަވެސް އެންމެން ހުމެއް ނައުދެއެވެ. އެންމެންނަކަށް ރޯގާއެއްވެސް ނުޖެހެއެވެ. 

އެކަންކަން ކުރިމަތިވަނީ ނުވަތަ ބަލިވަނީ ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅެކެވެ. ވީމާ ބައްޔެއްވާއިރަށް މޫސުމާ އެކަނި އަޅުވައި ނިންމައިނުލާށެވެ. އެއީ މޫސުމުގެ ގޮތުން މެދުވެރިވިކަމެއް ނަމަވެސް މެއެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ އެކަމަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ކަމުގައިވާތީއެވެ. މިކަންކަމަކީ މުސްލިމުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/194533/is-it-permissible-to-say-you-got-a-cold-because-of-changes-in-the-weather

 

މިއަދު އޮންލައިން