ވުޟޫކުރާއިރު 2 އަތަށް ފެންލުމުގެ ފުރިހަމަ ގޮތަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވުޟޫކުރާއިރު 2 އަތަށް ފެންލުމުގެ ފުރިހަމަ ގޮތަކީ ކޮބައިތޯ؟

މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމެކެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އަތުގައި ފެންލާއިރު އަތުގެ އުޅަނބޮށިން ފެށިގެން ދެ އަތްތިލައިގެ ކުޑަހުޅާއި ހަމައަށް ފެންލުމުން ފުދޭނެ ކަމަށެވެ. އަތްތިލައިގެ އިނގިލިތަކުގައި ފެން ޖައްސަން ޖެހޭނީ ވުޟޫކުރަން އަތްތިލަ ދޮވެލާއިރުގައި އެކަނި ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތް ނޫނެވެ.

ކަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.

"ވުޟޫ ކުރުމަށް ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ. ދެ އަތުގެ ދެ އުޅަބޮށިކައްޓާއިއެކު ފެންލުން ފުރިހަމަވާނީ އެއިރުންނެވެ.

ވުޟޫ ކުރުމުގައި ވާޖިބު ފެށެނީ މޫނުގައި ފެންލުމުންނެވެ. އެއިގެ ކުރިން ދެއަތްތިލަ ދޮވުމާއި އަނގައާއި ނޭފަތަށް ފެންލުމަކީ ސުންނަތެވެ. ވީމާ ވުޟޫ ކުރުމަށް ދެ އުޅަބޮށިކައްޓާއިއެކު ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ."

--ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް

ނަމާދު ޞައްޙަ ވާނީ ވުޟޫ ޞައްޙަވެގެންނެވެ. ވީމާ ވުޟޫ ޞައްޙަކުރަން ކުރަންޖެހޭ ހުރިހާ ކަންކަން ކުރަންޖެހޭނެއެވެ. ނޫނީ ކުރާ ނަމާދުގެ ބޭނުމެއް ނެތެވެ.

މިއަދު އޮންލައިން