އަތުގަ ކިތަންމެ ފައިސާ ގިނަވެފަ ހިތްއެދޭ ހުރިހާ ކަމެއް ޙާޞީލުކުރެވޭއިރުވެސް ހިތްހަމަނުޖެހެނީ ކީއްވެ؟: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަތުގަ ކިތަންމެ ފައިސާ ގިނަވެފަ ހިތްއެދޭ ހުރިހާ ކަމެއް ޙާޞީލުކުރެވޭއިރުވެސް ހިތްހަމަނުޖެހެނީ ކީއްވެ؟: ޝައިޚް ޢަލީ ޒައިދު

ލޮބްވެތި މުސްލިމް އަޚުންނާ އުޚްތުން! އަޅުގަނޑުމެން الله سُبْحَانَهُ وَتَعَالى މަތިން ހަނދުމަކުރާ ކަމަށްވަނީނަމަ އަޅުގަނޑުމެންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ. މިއަދު ވަރަށްގިނަމީހުން ނިކަން ބައްލަވާ ކުރިއަރާފަވާ ޤައުމުތަކުގެ މީހުން އިގިރޭސިވިލާތް ނުވަތަ އެމެރިކާ ނުވަތަ ޔޫރަޕްގެ ދެންވެސް އެކިއެކި ޤައުމުތަކުގެ މީހުން ތިޔަބޭފުޅުން ނިކަން ބައްލަވާ ކޮންޤައުމެއްގެ މީހުންތޯ؟ ނުވަތަ ކޮން ޤައުމުތަކެއްގެ މީހުންތޯ ނުވަތަ ކޮން ޤައުމެއްގެ މީހުންތޯ އެންމެ ގިނައިން ސްލީޕިންގ ޕިލްސް ނަގަނީ؟ ނިދުމަށްޓަކައި ނުނިދިގެން ނިދުމަށްޓަކާ ބޭސް ބޭނުންކުރަނީ ކޮންބައެއްތޯ؟ ދުނިޔޭގެ ކޮން ޤައުމުތަކެއްތޯ؟ ޔޫރަޕްގެ ޤައުމުތައް!

އެހެންވެގެން އިގޭތޯ ސްލީޕިންގ ޕިލްސް އެހާ އަގުބޮޑީ! މުއްސަދިންނަށް މިކަން ލައިގަންނަނީ ބޮޑަށް ދުނިޔަވީ ޙަޔާތް ފަހަތުން ދުވާމީހުންނަށް ގިނަފަހަރަށް މިކަން ލައިގަންނަނީ، ކިތަންމެ ގިނަމުދާ ލިބުނަސް ހިތެއް ހަމައެއް ނުޖެހޭނެ. ކިތަންމެ ގިނަ އަނބިން ލިބުނަސް ހިތެއް ހަމައެއް ނުޖެހޭނެ، ކިތަންމެ ގިނަ ބަޔަކާ ޒިނޭކުރެވުނަސް ހިތެއް ހަމައެއް ނުޖެހޭނެ! ޔަޤީން ކަށަވަރު! 

- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

 

މިއަދު އޮންލައިން