ދަރިންނަށް ކިޔާނީ ކާކު ބޭނުންވާ ނަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދަރިންނަށް ކިޔާނީ ކާކު ބޭނުންވާ ނަމެއް؟

 

ދަރިންނަށް ކިޔާނީ މަންމަ ބޭނުންވާ ނަމެއްތޯ ނޫނީ ބައްޕަ ބޭނުންވާ ނަމެއްތޯ ވެސް ބައެއް މީހުން ސުވާލުކުރެއެވެ. ބައެއް ޢާއިލާތަކުގައި އެކަން ބޮޑު ޒުވާބަކަށްވެސް ވެގެންދެއެވެ. އެހެންކަމުން އެކަމުގައިވެސް ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله ވިދާޅުވެފައިވާ ބަސްފުޅު ހާމަކޮށްލާނަމެވެ. 

"ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރިނަމަ އެކަމަށް އެންމެ ޙައްޤުކަން ބޮޑީ އޭނާއެވެ. އެކަމުގައި ދެމަފިރިން ވާގިވެރިވެ މަޝްވަރާކޮށް [މާނަ] ރިވެތި ނަމެއް އިޚްތިޔާރުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ފަހެ ބައްޕަ ދުނިޔޭގައި ނުވާނަމަ، [އެކަމަށް އެންމެ ޙައްޤުކަން ބޮޑީ] އެކުއްޖާގެ ވަލީވެރިންކުރެ އެންމެ ދޮށީ މީހާއެވެ. 

ފިރިހެން ކުދިންނަށް ކިޔުން އެންމެ މޮޅު އިތުރު ނަންތަކަކީ ޢަބްދުﷲ، ޢަބްދު الرحمن، ޢަބްދު الملك ، ޢަބްދު الكَرِيْم މިފަދައިން ﷲ އަށް އަޅުވެތިވެގެންވާކަން ދޭހަވާފަދަ ނަންތަކެވެ. 

އަންހެން ކުދިންނަށް ކިޔުމަށް އެންމެ މުނާސަބީ އަންހެން ޞަޙާބީ ބޭކަނބަލުންނަށާއި އެއަށްފަހު ވަޑައިގެންނެވި ޞާލިޙު މުއުމިނު ކަނބަލުންނަށް ކިޔާފައިވާ ރަނގަޅު ނަންތަކެވެ.

ހުތުރު މާނައެއް ހިމެނޭ ނަންތަކާއި ޖާހިލިއްޔަ ޒަމާނުގެ ކާފިރު ފިރިހެނުންނަށާއި އަންހެނުންނަށް ކިޔައި އުޅުނު ނަންތަކެއް ނޫނެވެ. މުސްލިމުން ކިޔާއުޅޭ ރިވެތި ނަންތައްކަމުގައި ބެލެވޭ ނަންތައް ކިޔުމީ މިކަމުގައި އެދެވިގެންވާ ގޮތެވެ. 

ޢަބްދު الحُسَيْن ނުވަތަ ޢަބްދު النَّبِيِّ ނުވަތަ ޢަބްދު الكَعْبَة ފަދައިން، ﷲ ނޫން ފަރާތަކަށް އަޅުވެތިކަން ދޭހަވާފަދަ ގޮތަކަށް ކިޔޭ ނަންތަކާމެދު ދަންނައެވެ. ފަހެ އެއީ ހުއްދަކަމެއް ނޫނެވެ. 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله

- ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ 

 

 

 

 

މިއަދު އޮންލައިން