"ނިވާނުކޮށް ހާމަކޮށްގެން އުޅުމަކީ ﷲ އާ ގުޅުން ކެނޑިގެންދާ ކަމެއް! ނިވާވެގެން ހުރުމަކީ ﷲ އާ ތިމާ އާއި ދެމެދު އޮނަން ގުޅުން ބަދަހިވެގެންދާ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
"ނިވާނުކޮށް ހާމަކޮށްގެން އުޅުމަކީ ﷲ އާ ގުޅުން ކެނޑިގެންދާ ކަމެއް! ނިވާވެގެން ހުރުމަކީ ﷲ އާ ތިމާ އާއި ދެމެދު އޮނަން ގުޅުން ބަދަހިވެގެންދާ ކަމެއް!: މުފްތީ މެންކް

ބައެއް ޢިލްމްވެރިން ވިދާޅުވެފައިވެއެވެ. "ނިވާނުކޮށް ހާމަކޮށްގެން އުޅުމަކީ ﷲ ތަޢާލާ އާއި ގުޅުން ކެނޑިގެންދާ ކަމެކެވެ. ނިވާވެގެން ހުރުމަކީ ﷲ ތައާލާ އާއި ތިމާ އާއި ދެމެދު އޮނަން ގުޅުން ބަދަހިވެގެންދާ ކަމެކެވެ." ވީމާ ލައި އުޅޭ ފޭރާމަކީވެސް ﷲ ތައާލާ އާއި ގުޅުން ބަދަހިކުރެވޭ ފޭރާމަކަށް ހަދާށެވެ.

ކައިވެނީގެ ދުވަހު ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިލަނީ ކިތައް މީހުން ހެއްޔެވެ؟ ނިޢްމަތެއް މިންވަރުފުޅު ކުރެއްވެވުމުން ބާއްވާ ޙަފްލާތަކުގައި ﷲ ތައާލާ ހަނދުމަ ނައްތައިލަނީ ކިތައް މީހުން ހެއްޔެވެ؟ މީސްތަކުންނޭވެ! މުސްލިމުން ކޮންމެ ކަމެއް ކުރި ނަމަވެސް ކިތަންމެ ބޮޑު އުފަލެއް ފައުޅުކުރި ނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ޢީދުތައް ފާހަގަކުރުމުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަ ނައްތައިނުލާށެވެ! އައު ފޭރާމެއް ހޯދި ނަމަވެސް ރީތި، އަދި އިސްލާމް ދީނުގައި ނިވާކުރަން ޖެހޭ ހިސާބު ނިވާކުރެވޭނެ ހެދުމެއް ހޯދާށެވެ! ނިވާ ކުރުމުގެ ފުރިހަމަ މާނަ ހާޞިލުކުރެވޭނެ ގޮތަށް ނިވާކުރާށެވެ! މީސްތަކުން ނިވައިވެގެން ތިބުމަށް ރަސޫލް (ﷺ) ލޯބިފުޅު ކުރައްވަވައެވެ.

ޢާއިލާތަކުގެ އިސްމީހުން، މުޖުތަމައުތަކުގެ އިސް މީހުން މިކަމުގައި ނަމޫނާ ދައްކަން ޖެހޭނެއެވެ. އެހެނީ އިސް މީހުން ތިބޭ ގޮތް ނަކަލުކުރަން ގިނަ ބައަކު ބޭނުންވެ ނަކަލުކުރާނެއެވެ. އެމީހެއްގެ ސަބަބުން އެހެން ބައަކަށް ރަނގަޅު ކަންތައްތައް ދަސްވެގެންދާ ނަމަ އެކަމުގެ ސަވާބު އެމީހަކަށްވެސް ދެއްވަވާނެތެވެ.

ކައިވެނީގެ ހަފްލާތަކަކީ ގިނަ ބައަކަށް ދައުވަތުދީގެން ބާއްވާ ހަފްލާތަކެކެވެ. ފާޠިމާ ހުރީ ވަރަށް ފުރިހަމައަށް ނިވާވެގެންނެވެ. އެތަން ފެނިފައި ފާޠިމާ ނިވާވެގެންހުރި ގޮތަށް ނިވާވެގެން ހުންނަން ބައަކު ނުވަތަ މީހަކު ނިންމައިފިނަމަ އެކަމުގެ ސަބަބުން ފާޠިމާއަށް ގޭގައި ހުރި ނަމަވެސް ސަވާބު ލިބިގެންދާނެއެވެ. ވީމާ ތިބާ ކުރި އެއްވެސް މަސައްކަތަކާއި ނުލައި ތިބާއަށް އެދަނީ ސަވާބު ލިބެމުންނެވެ. ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން