ތިމާއަކީ އެންމެ ރަނގަޅު، އެންމެ މޮޅު މީހަކަށް ނުވަތަ މިވެނި މީހަކީ އެންމެ ނުބައިކަންބޮޑު މީހާކަމަށް ޤަބޫލުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ތިމާއަކީ އެންމެ ރަނގަޅު، އެންމެ މޮޅު މީހަކަށް ނުވަތަ މިވެނި މީހަކީ އެންމެ ނުބައިކަންބޮޑު މީހާކަމަށް ޤަބޫލުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ފާފައެކެވެ!

މީސްތަކުންނޭވެ! ތިމާއަކީ އެންމެ ރަނގަޅު، އެންމެ މޮޅު މީހަކަށް ނުވަތަ މިވެނިމީހަކީ އެންމެ ނުބައިކަންބޮޑު މީހާކަމަށް ޤަބޫލުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ފާފައެކެވެ. 

އެކަމުގެ ކުޑަކުޑަ މިޘާލެއްވެސް ބުނެފާނަމެވެ. 

ފިރުއަޢުނުގެ ސިޙުރުިވެރިންނާއި މޫސާގެފާނާއި ބައްދަލުވެ ސިޙުރުގެ ކަންތައް ކުރެވުނު ވަގުތު އެތަނުގައި އަހަރެމެންނަށް ތިބެވުނުނަމަ އަހަރެމެން ބުނާނީ ފިރުއަޢުނުގެ ޞިޙުރުވެރިންނަކީ އެންމެ ނުބައި ނަލަފާ މީހުން ކަމަށެވެ. 

ނަމަވެސް ކަންތައްވީގޮތް ނިކަން ދެކިބަލާށެވެ! އެމީހުން އެތަނަށް ދިއައީ މުޝްރިކުންގެ ގޮތުގައި ތިބެއެވެ. ނަމަވެސް ދުނިޔެ ދޫކުރީ މުއްމިނުންނަށްވެ މުއްމިނުންގެ އެންމެ މަތީ ދަރަޖައިގައެވެ. 

އެއްވެސް މީހަކު މަރުވުމުގެ ކުރިން އެމީހަކަށް އަންނާނެ ބަދަލެއް ނުއެނގޭނެއެވެ. ކޮންމެ ފަދަ ވަޤުތަކުވެސް މީހާގެ ވިސްނުން މުޅިން ބަދަލުވެ މުޅިން ތަފާތު މީހަކަށްވެދާނެއެވެ. ވީމާ އެއްވެސް މީހަކާއި ދިމާއަށް އެފަދަ ބަހެއް ބުނުމުގެ ކުރިން މިބަޔާންކުރި މިޘާލުން ޢިބްރަތް ޙާޞިލްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން