4 ފުޅި ހުވަނދުލިބޭ ސުވާލު: ނިދަން އޮންނަން ސުންނަތުގަ އޮތީ ކޮންފަރާތަކަށް؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
4 ފުޅި ހުވަނދުލިބޭ ސުވާލު: ނިދަން އޮންނަން ސުންނަތުގަ އޮތީ ކޮންފަރާތަކަށް؟

4 ފުޅި ހުވަނދުލިބޭ ސުވާލު: ނިދަން އޮންނަން ސުންނަތުގަ އޮތީ ކޮންފަރާތަކަށް؟   

ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި ރަސޫލާ އަވަހާރަފުޅު ލައްޕަވަންވުމުން ވުޟޫކުރައްވަވައެވެ. އަދި ނިދަން އޮށޯވެވަޑައިގަންނަވަނީ ކަނައަތްޕުޅު ފަރާތަށެވެ. އަދި ކަނާތު ކޯފުޅުގައި އަތްޕުޅު ބާއްވަވައެވެ. އަދި ރަސޫލާ ވަނީ އެގޮތަށް ޢަމަލުކުރަން މީސްތަކުންނަށް ވަޞިއްޔަތް ކުރައްވަވައިފައެވެ. ވީމާ ނިދުމުގެކުރިން ވުޟޫކުރުމާއި ކަނައަތްފަރާތަށް އޮވެ ނިދުމާއި ކަނައަތު ކޮލުގައި އަތް ބާއްވައިގެން ނިދުމަކީ ނިދުމުގެ 3 ސުންނަތެވެ.  

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/14033/it-is-permissible-to-sleep-on-ones-left-side

_______________________________________________ 

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ.  

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ.  

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ.  

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

މިއަދު އޮންލައިން