މަންމަ ނުވަތަ ބައްޕަ ބަލިޙާލުގައި ބަލަންޖެހިއްޖެ ނަމަ އެކަން ލުއިކުރައްވަވައި ދެއްވެވުން އެދި މިދުޢާ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މަންމަ ނުވަތަ ބައްޕަ ބަލިޙާލުގައި ބަލަންޖެހިއްޖެ ނަމަ އެކަން ލުއިކުރައްވަވައި ދެއްވެވުން އެދި މިދުޢާ ކުރައްވާ!

ބައެއް ޙާލަތްތަކުގައި ބަލިޙާލުގައި މައިންބަފައިން ބަލަން ޖެހެއެވެ. ތަންމަތީގައި ބާއްވައިގެންވެސް ބަލަން ޖެހެއެވެ. ކިރިޔަކިރިޔާ ތެދުވެވޭ ޙާލުގައިވެސް ބަލަންޖެހެއެވެ. އެކަމަށް ކަންބޮޑުނުވާށެވެ! އެއީ އެޚިދުމަތްކުރާ ދަރިއަކަށް ނުވަތަ ދަރިން ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ ރަނުގެ ފުރުޞަތެކެވެ. 

ގިނައިން ގޭގައި ތިބޭ ބައަކީ އަންހެނުން ކަމަށްވުމުން އެޙާލަތުގައި އުފުލަންޖެހޭ ބުރަ ގިނައިން އުފުލަންޖެހެނީވެސް އަންހެނުންނަށެވެ. އުފުލައި ގެންގުޅުން އުނދަގޫވާނެއެވެ. ސާފުތާހިރުކޮށް އެނދުތަންމަތިއެޅުމާއި ހަޑިވާ އުނު އަންނައުނު ދޮވެ ސާފުކުރުމަކީވެސް ނުހަނު ބުރަ މަސައްކަތެކެވެ. 

ވީމާ އެފަދަ ކަމެއް ތިމާއަށް ކުރިމަތިވެއްޖެނަމަ މިފަދައިން ދުޢާކުރާށެވެ! 

"ޔާ ﷲ! މިއަޅާގެ މަންމަ/ބައްޕަ އަށް ޚިދުމަތްކުރުމުގެ ހިތްވަރާއި ކުޅަދާނަކަން އަދި ތަނަވަސްކަން މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން 

ﷲ ތަޢާލާ ކަމެއް ލުއިކޮށްދެއްވަވައިފިނަމަ އެކަމަކީ ކިތަންމެ ބުރަ ކަމެއް ނަމަވެސް އެއީ އެއްވެސް ބުރަކަމެއްގެ ގޮތުގައި އިޙްޞާޞެއް ނުކުރެވޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން