ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޮން އަޅައި 5 އަންހެން ދަރިން އެކުގަ މަރާލުމުން ޤަބުރުތައް އަމިއްލަ އަތުން އުފުލަމުންވެސް އީމާންތެރިވުމުގަ ނަމޫނާދެއްކި ބައްޕައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޮން އަޅައި 5 އަންހެން ދަރިން އެކުގަ މަރާލުމުން ޤަބުރުތައް އަމިއްލަ އަތުން އުފުލަމުންވެސް އީމާންތެރިވުމުގަ ނަމޫނާދެއްކި ބައްޕައެއްގެ ވާހަކަ-

މިރޭގެ ދަރުސް ފަށަމުން ހަނދާން އައުކޮށްލަން ބޭނުންވަނީ މިޒަމާނުގައި އީމާންތެރިކަމުގެ ގޮތުން އުންމަތަށްވެސް ނަމޫނާ ބައްޕައެއްގެ ވާހަކައެވެ. 6 ދަރިން ތިވެފައި އެންމެ ދަރިއަކު މަރުވާއިރަށް އަހަރެމެންނަށް މިއުޅެނީ ކެތްތެރިވެ ނުލެވިގެންނެވެ. މިދައްކަނީ 6 ދަރިން ނިދަން ތިއްބައި މުސްލިމުންނަށް އަނިޔާކުރުމުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޮންއަޅައި އެއްފަހަރާ އެ 6 ދަރިންގެ ތެރެއިން 5 ދަރިން ޝަހީދުކޮށްލުމުން ކެތްތެރިވެ ސާބިތުވި ބައްޕައެއްގެ ވާހަކައެވެ. 

މިވާހަކަ މީގެ ކުރީގެ ދަރުސްތަކުގައިވެސް ވާނީ ކިޔައިދީފައެވެ. އަލުން އެހަނދާންތައް މިއައުކުރަނީ އެހާދިސާއަށް 3 އަހަރުފުރުން ފާހަގަކުރެވެމުންދާތީ އަހުރެންވެސް އެކަމުގައި ބައިވެރިވުމުގެ ގޮތުންނެވެ. އަހުރެން މިރޭ ޙާދިސާގެ ތަފްސީލަކަށް ނުދާނަމެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ އީމާންކަން އިތުރަށް ވަރުގަދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އެ ބައްޕަ ފަދަ މީހަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! 

އަހަރެމެން ކަންބޮޑުވެ ހިތާމަކުރަންވީ މަރުވުމުގެ ކުރިންނެވެ. މަރުވުމުން އޮތީ ވަކީލުކޮށް ކެތްތެރިވާން މަސައްކަތްކުރުމެވެ. މަރުވި މީހާގެ ފުރާނަ އެވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އެކަލާނގެއީ އަހަރެމެން ދިރިތިބި އެންމެންނަށްވުރެ އޭނާދެކެ މާބޮޑަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެކަން ހިތަށް ގެނެސް ތިމާ ހަމަޖެހެން މަސައްކަތްކުރާ މީހަކަސްވާށެވެ. 

(ޝައިޚް އެ އިޝާރާތް ކުރައްވަނީ މިޙާދިސާއަށެވެ.) 

އެހާދިސާ އަހުރެންނަށް ކިޔައިދިން ޣާޒާގެ މީހާ ބުނެފައިވަނީ މިފަދައިންނެވެ. އެގޭގައި ޢާއިލާގެ އެންމެން ނިދަން ތިއްބައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން އެގެއަށް  ބޮން އެޅީއެވެ. އެންމެން ބިރުން ހޭނެތުނެވެ. ހޭ އެރުމުން ފުރަތަމަވެސް ބަލައިލެވުނީ 6 އަންހެންދަރިން ކޮބައިތޯއެވެ. 

ބެލިއިރު 5 ކުދިން ތިބީ މަރުވެފައެވެ. ދިރިހުރީ އެންމެ އަންހެން ދަރިއެކެވެ. އަދި އެންމެ އާދައާއި ޚިލާފް ކަމެއް ފެނުނީ ދޮށީ އަންހެން ދަރިފުޅުގެ ކިބައިންނެވެ. އޭނާ އަކީ އަވަށްޓެރިން ދެކެވެސެ އެންމެން ދެކެވެސް ވަރަށް ލޯބިވާ ކުއްޖެކެވެ. ކޮންމެ ރެއަކު ނިދާނީ ދެއަތުން އެންމެ ހަގު ދެ ކޮއްކޮގެ ގައިގައި ލޯބިން ބައްދާލައިގެން އޮވެއެވެ. އެ ލޯބި ދަރިފުޅު މަރުވެފައި އޮތީވެސް ދެކޮއްކޮގެ ގައިގައި ބައްދާލައިގެން އޮވެއެވެ. 

އެކުދިންގެ ފުރާނަ ނެތް ހަށިތައް ގެއިން ނެރުނީ އަހަރެންގެ ދެއަތުންނެވެ. ފިރިހެން ދަރިންތައް ގިސްލަގިސްލާފައި ރޮނީއެވެ. އަހަރެން ބުނީމެވެ. "ތިއަ ރޮނީ ކީއްވެގެން ހެއްހެއްޔެވެ؟ އެ ދަރިން އިރާދަ ކުރެއްވިއްޔާ އެދިއައީ ސުވަރުގެއެވެ. އަހަރެމެން މަސައްކަތްކުރަންވީ އެ ދަރިންނާއި ސުވަރުގެއިން ބައްދަލުކުރުމަށެވެ." 

ނިކަން ވިސްނައިލަބަލާށެވެ! އެއީ ހުރިހާ ދަރިންގެ ބައްޕައެވެ. ހަމަ ކުއްލިއަކަށް 5 ދަރިން އެކުގައި މަރުވީއެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރި އީމާންތެރިކަން ނިކަން ބަލައިލަބަލާށެވެ! ނިކަން ބުނެބަލާށެވެ! އެފަދަ ކަމެއް ހިނގައިދިއުމުން އެފަދައިން ބުނުމުގެ ބާރު ލިބިގެންވަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އެވަރުގެ އީމާންތެރިކަމެއް ހުރީ އަހަރެމެންގެ ތެރެއިން ކިތައް މީހުންގެ ހެއްޔެވެ؟ މިފަދަ އިމްތިޙާނެއް ކުރިމަތި ކުރެއްވެވުމުން އެހައި ސާބިތުކަމާއިއެކުގައި ފާސްވާނީ ކިތައް މީހުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިހާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ! އީމާންތެރިކަން ވަރުގަދަކުރާށެވެ! މިންވަރު ކުރެއްވެވި ކޮންމެ ނިޢްމަތަކަށް ޝުކުރުވެރިވާ މީހަކަށްވާށެވެ! ތިބާގެ އީމާންކަން ވަރުގަދަވެ ދިރިއުޅުނުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ސާބިތުކަން ސާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން