ހޯމް މިނިސްޓަރ އިމްރާނަށް! މަސްތުވާ ތަކެތި ހޯދަން ބޮޑެތި އޮޕަރޭޝަންތައް ހިންގަނީ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ހޯމް މިނިސްޓަރ އިމްރާނަށް! މަސްތުވާ ތަކެތި ހޯދަން ބޮޑެތި އޮޕަރޭޝަންތައް ހިންގަނީ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަންތޯ؟

ހޯމް މިނިސްޓަރ ޝައިޚް އިމްރާނާ ކޮށްލަން ބޭނުންވާ 2 ސުވާލަކީ! މަސްތުވާ ތަކެތި ހޯދަން ބޮޑެތި އޮޕަރޭޝަންތައް ހިންގަނީ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަންތޯ؟ ތަކުރާރުކޮށް ފުލުހުން ފޭލްވެ އެއްކަމެއް ، އެއްބާވަތެއްގެ ކަންތައްތަކެއް ރިޕީޓްކުރަމުން ގެންދާއިރު އަދިވެސް އިސްތިޢުފާ ދެއްވަން ޤަޞްދެއް ނުކުރައްވަންތޯ؟ އެވެ. 

ކިޔުންތެރިން ތިރީގައިވާ ވީނިޔުސްގެ ޚަބަރު ވިދާޅުވާށެވެ!

މާލޭގެއެއްގައި ބިންގަރާސް ހަދައިގެން ވަޅުލާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިމެ، އެގެ ބަލައިފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި، ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ، މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައި ވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އަދި މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތަތީއާއި، މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހޯދިފައި ނުވާކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު ކ. މާލެ، ދަފްތަރު އަހްމަދު ހުސައިނާއި މއ. ނޫރުއް، އަބްދުﷲ ނަޝީދު އެވެ.

މި ދެމީހުންނަށް ތުހުމަތު ކުރާ މަސްތުވާ ތަކެތި މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާފައިވާ ހުއްޓާ ހޯދާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެ މުއައްސަސާގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހުސްވި މާރޗް މަހުގެ 24 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން