4 ފުޅި ހުވަނދުލިބޭ ސުވާލު: ފަތިސްނަމާދުގެ އިހު ސުންނަތް ޤަޟާ ކުރެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
4 ފުޅި ހުވަނދުލިބޭ ސުވާލު:  ފަތިސްނަމާދުގެ އިހު ސުންނަތް ޤަޟާ ކުރެވޭނެތަ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: ފަތިސްނަމާދުގެ އިހު ސުންނަތް ޤަޟާ ކުރެވޭނެތަ؟ 

ފަތިސްނަމާދުގެ އިހު ސުންނަތްވެސް، އެހެން ރަވާތިބް ސުންނަތްތައްވެސް އަދި ވިތުރިވެސް ޤަޟާ ކުރެވޭނެއެވެ. ނަމަވެސް ފަހުން ޤަޟާކުރުމުގެ ނިޔަތުގައި ނުކޮށް ދޫކޮށްލައިގެންނުވާނެއެވެ. 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ފަތިސްނަމާދުގެ އިހު ސުންނަތް ޤަޟާކުރުމަކީ އާދައަކަށް ހެދުން ހުއްދަވެގެނެއް ނުވެއެވެ. ޤަޟާކުރުން ހުއްދަވަނީ ނިދީން ނުހޭލެވުން، ހަނދާންނެތުން ފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވުމުންނެވެ.   

މިސާލަކަށް ޤަޟާކުރެވޭނީ ޖަމާޢަތަށް ދިއައިރު ޖަމާއަތް ފަށާތީ ކުރާނެ ވަގުތު ނުލިބުމުން، ނުވަތަ ފަހު ސުންނަތް ކުރަން ހަނދާން ނެތުން، ފަދަ މަޤްބޫލް ޢުޛުރެއް ކުރިމަތިވެއްޖެނަމައެވެ.         

_______________________________________________ 

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ.

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ.

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ.

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

މިއަދު އޮންލައިން