ތަޙިއްޔަތުލް މަސްޖިދުގެ 2 ރަކްއަތަކީ ނުކޮށްދޫކޮށްލަން ހެޔޮވާވަރުގެ ނަމާދެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތަޙިއްޔަތުލް މަސްޖިދުގެ 2 ރަކްއަތަކީ ނުކޮށްދޫކޮށްލަން ހެޔޮވާވަރުގެ ނަމާދެއް ނޫން!

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލްމަސްޖިދު ކުރުމަކީ މިސްކިތަށް ސަލާމްކުރުން ނުވަތަ މަރުޙަބާކިޔުމުގެ ގޮތުން ކުރަންޖެހޭ ކަމެވެ. އަދި އެ ސުންނަތް ނުކޮށް އިށީނުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. އަދި އުޘައިމީން ރަޙިމަހުﷲ ފަދަ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ޙަދީޘްފުޅުހައި އެކަން އައިސްފައިވާލެއް ވަރުގަދަކަމުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދުށުން ރަނގަޅެވެ. ނުވަތަ އެގޮތަށް ވިސްނިވަޑައިގަންނަވައެވެ. 

Abu Qatadah reported: The Messenger of Allah, peace and blessings be upon him, said,

“When one of you enters the mosque, let him pray two cycles before he sits down.”

Source: Ṣaḥīḥ al-Bukhārī 444, Ṣaḥīḥ Muslim 714 

މި ޙަދީޘްފުޅުން އެނގިގެންދަނީ ތަޙިއްޔަތުލް މަސްޖިދުގެ 2 ރަކްޢަތް ކުރުން އޮތީ މިސްކިތަށް އަރައި އިށީނުމުގެކުރިން ކަމެވެ. 

އަދި ތަޙިއްޔަތުލް މަސްޖިދު ކުރަން ބޭނުންމީހާ އެ 2 ރަކްޢަތްކުރަންވީ މިސްކިތަށް އަރައި ވަގުތުތުތައް ހޭދަނުކޮށެވެ. އެހެންކަންކަމުގައި އުޅެ، މީހުންނާއި ވާހަކަދައްކައި ހެދުން ފަދަ ކަންކަމުގައި ވަގުތު ހޭދަނުކޮށެވެ. 

"މީހަކު މިސްކިތަށް އައިސް އިށީނދެ، ގިނައިރުތަކެއްވީ ފަހުން ތަޙިއްޔަތުލް މަސްޖިދު ކުރަން ބޭނުންވިނަމަވެސް، ދެން އެއީ ތަޙިއްޔަތުލް މަސްޖިދަކަށް ނުވާނެއެވެ. އެހެނީ އެކަމަށް ސަބަބެއްވެއެވެ. އަދި އެނަމާދުވަނީ އެސަބަބާ ގުޅިފައެވެ. ފަހެ ސަބަބު ފާއިތުވުމުން ދެން އެއީ ކުރުން ޝަރުޢުވެގެންވާ ކަމަކަށް ނުވެއެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން