ކައްވަޅުގަ ނަކީރު މުންކަރު 2 މަލާއިކަތުން އެންމެންނަށްވެސް ފެންނާނީ ބިރުވެރިކަމުން ކުނޑިކުނޑިވެގެން ހިނގައިދާނެވަރުގެ ބިރުވެރި ސިފައިގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކައްވަޅުގަ ނަކީރު މުންކަރު 2 މަލާއިކަތުން އެންމެންނަށްވެސް ފެންނާނީ ބިރުވެރިކަމުން ކުނޑިކުނޑިވެގެން ހިނގައިދާނެވަރުގެ ބިރުވެރި ސިފައިގަ!

ކޮންމެ މީހަކުވެސް މަރުވެ ވަޅުލެވުމުން ސުވާލުކުރެއްވެވުމަށްޓަކައި ނަކީރު މުންކިރު 2 މަލާއިކަތުން ވަޑައިގަންނަވައެވެ. އެބޭކަލުން ސިފައިގެ ބިރުވެރިކަން ބަޔާން ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހައިވެސް ބިރުވެރިވާނެއެވެ. އަދި ސިފަ ހުތުރުކަމުން ތިއްބަވާނީ މިވެނި ސިފައަކަށްކަމަށްވެސް ނުބުނެވޭނެއެވެ.

އެ 2 މަލާއިކަތުން މުސްލިމުންނަށްވެސް އަދި ކާފިރުންނަށްވެސް ފެންނާނީ ހަމަ އެ ބިރުވެރި ސިފައިގައެވެ. ތަފާތަކީ 2 މަލާއިކަތުންގެ ސިފަ ކިތަންމެ ބިރުވެރި ނަމަވެސް މުސްލިމުންނަށް ﷲ ތަޢާލާ ސާބިތުކަން ދެއްވަވާނެ ކަމެވެ. ބިރުވެރިކަން ހިތަށް ވަންނާނެއެވެ. ނަމަވެސް ސާބިތުވުމުގެ ހިތްވަރު ދެއްވަވާނެތެވެ.

ސުވާލުކުރައްވަން ވަޑައިގަންނަވާއިރުވެސް ސުވާލުތަކަށް އެމީހާ ދޭނެ ޖަވާބު 2 މަލާއިކަތުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ޖަވާބުދީ ނިމުމުން ކަލޭ ދޭނީ ތިއަ ޖަވާބުކަން ތިމަން ބޭކަލުންނަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވާނެއެވެ.

މީސްތަކުންނޭވެ! އަބަދުވެސް ބުނާ ފަދައިން ކައްވަޅުގައި ކުރައްވާ 3 ސުވާލުގެ ޖަވާބު ހުރިހާ މުސްލިމުންވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނުއެނގޭ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ކަލަކީ ﷲ ތަޢާލާ ކަމާއި ދީނަކީ އިސްލާމް ދީން ކަމާއި ރަސޫލަކީ ރަސޫލާ (ﷺ)ކަން ނުއެނގޭ ހަމަ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. އަދި މި 3 ކަންތަކަށް ޝައްކުކުރާ މުސްލިމަކުވެސް ނުހުންނާނެއެވެ.

އެހެންކަމާއިއެކުގައިވެސް ސުވާލުކުރެއްވުމުން ޖަވާބު ދެވޭނީ ﷲ ތަޢަލާގެ އެއްކައުވަންތަކަން ފުރިހަމައަށް ޤަބޫލުކޮށް ރަސޫލް (ﷺ) ގެ ސުންނަތް ޤަބޫލުކޮށް އަދި އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރި މީހަކަށެވެ. އަމަލު ނުކުރާ މީހުންނަކަށް ޖަވާބެއް ނުދެވޭނެއެވެ. އިސްލާމް ދީނަށް އަމަލުކުރަން އިސްކަން ދޭން ޖެހެނީ އެ ސަބަބަށްޓަކައެވެ. މުސްލިމުންގެ ނަމުގައި ދުނިޔޭގައި އުޅުނު ނަމަވެސް ކައްވަޅުގައި ކުރައްވާ ސުވާލުތަކަށް ޖަވާބު ދެވޭނީ އިސްލާމް ދީނަށް އަމަލުކުރާ މީހަކަށް ކަމުގައިވާތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން