ނަމާދުގައި އާމީންކިޔުމަކީ އިސްވެ ދިއަ ފާފަތައް ފުހެވިގެންދާ ފުރުޞަތެއްކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ނަމާދުގައި އާމީންކިޔުމަކީ އިސްވެ ދިއަ ފާފަތައް ފުހެވިގެންދާ ފުރުޞަތެއްކަން އެނގޭ ހެއްޔެވެ؟

ނަމާދުގައި ގިނަބައަކަށް ތިބެވެނީ ޣާފިލުކަންމަތީގައެވެ. އެހެންކަމުން އިމާމް މީހާ އަލްޙަމްދުކިޔައި ނިމުމުން އާމީންކިޔަނީ މާބޮޑު ސަމާލުކަމެއް ނުދީހުރެގެންނެވެ. އެހެންމީހުން ކިޔާއަޑު އިވުމުން އަޑެއް ލައްވައިލާ އުޞޫލުން އާމީންކިޔާ ބައަކުވެސް އުޅެއެވެ. 

ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި އަބޫ ހުރައިރާ ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

« إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ » [رواه البخاري ومسلم] 

މާނައީ: "އިމާމު މީހާ އާމިން ކިޔުމުން ތިޔަބައިމީހުންވެސް އާމީން ކިޔާށެވެ. އެހެނީ  އެމީހެއް އާމީން ކިޔާވަޤުތާއި މަލާއިކަތް ބޭކަލުން އެފަދައިން ވިދާޅުވާ ވަޤުތާ ދިމާވެއްޖެނަމަ އެމީހެއްގެ އިސްވެގޮސްފައިވާ ފާފަތައް ފުހެވިގެން ދެއެވެ." 

(ނަމާދުގައި) އާމީން ކިޔުމަކީ ސުންނަތެކެވެ. އެއީ ސުންނާ މުއައްކަދާއެކެވެ. ވަކިން ޚާއްޞަކޮށް އިމާމު މީހާ އާމީން ކިޔުމުންނެވެ. އިމާމު މީހާއާއި މައުމޫމުން އާމީން ކިޔާނީ އެކުއެކީގައެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

« إِذَا قَالَ الإِمَامُ ( غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ ) فَقُولُوا آمِينَ » [رواه البخاري ومسلم] 

މާނައީ: "އިމާމު މީހާ ( غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ ) ކިޔުމުން ތިޔަބައިމީހުން އާމީން ކިޔާށެވެ." 

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / رقم: 240 

- މައްލޫމާތު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން