ކުރެވުނު ފާފަތައް ނުފުއްސަވާނެ ކަމަށް ހީކުރެވޭ ޒުވާން އަންހެންކުދިންނަށް މުފްތީ މެންކް ދެއްވާ ޚާއްޞަ މެސެޖެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކުރެވުނު ފާފަތައް ނުފުއްސަވާނެ ކަމަށް ހީކުރެވޭ ޒުވާން އަންހެންކުދިންނަށް މުފްތީ މެންކް ދެއްވާ ޚާއްޞަ މެސެޖެއް!

ވަރަށް ގިނައިން ޒުވާން އަންހެންކުދިން ކުރާ ސުވާލެކެވެ. "ކައިވެނިކުރުމުގެ ކުރިން ތިމަންނާއަށް ވަނީ މިވެނި އެވެނި ފާފަތަކެއް ލޯބިވެރިޔާއާއިއެކު ކުރެވިފައެވެ. އަހަރެންގެ ފާފަ ފުއްސަވައިދެއްވަވާނެ ހެއްޔެވެ؟" 

ޖަވާބުގައި ފުރަތަމަވެސް ބުނަން ޖެހެނީ ތިމާއަށް ފާފަތަކެއް ކުރެވިއްޖެކަން ވިސްނުނުކަން އެއީވެސް ﷲ ތަޢާލާ ލެއްވެވި ބޮޑު ރަޙްމަތެކެވެ. އަވަހަށް ތައުބާވާށެވެ. ތައުބާވުމުން ނުފުއްސަވާނެ ފާފައެއް ނެތެވެ. 

އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ. ޝިރުކުކުރި މީހާވެސް ދުނިޔޭގައި ހުރެ އެކަމަށް ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދަންނަވައިފިނަމަ ފާފަ ފުއްސަވައި ދެއްވަވާނެތެވެ. ފާފަ ފުއްސަވައި ނުދެއްވަވާނީ ޝިރުކުރުންމަތީގައި ހުއްޓައި މަރުވެއްޖެނަމައެވެ. 

ތިއަކުދިން ގާތު ތިއަކުދިންނަށް ކުރެވުނު ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށާއި ތައުބާވިޔަސް ކުރާނެ ފައިދާއެއް ނެތް ކަމަށާއި ދެން ރަނގަޅުވާނީ ފާފަކުރުންމަތީގައި ދެމިހުރުން ކަމަށް ބުނަނީ ޝައިޠޯނާއެވެ. އިންސާނަކު އެފަދަ ބަހެއް ބުނެފިނަމަ އޭނާއަކީ އިންސާނެއް ނަމަވެސް އޭނާއަކީ ޝައިޠޯނާގެ ބައިވެރިއެކެވެ. އިންސީންގެތެރޭގައި ހިމެނޭ ޝައިޠޯނެކެވެ. ނޫންނަމަ އެފަދަ ބަހެއް ނުބުނާނެއެވެ.

އޮންސައްތަ އިސްމުފުޅުގައި ހިމެނޭ ﷲ ތަޢާލާގެ ނަންފުޅުތަކަށް ބަލާށެވެ! ފާފަ ބުފުއްސަވާ ރަސްކަލާނގެ ކަމަށް އޮތް އެއްވެސް ނަންފުޅެއް ނުއޮންނާނެއެވެ. އޮންނާނީ ގިނައިން ފާފަފުއްސަވާ އެންމެ ދީލަތިވަންތަ ރަސްކަލާނގެ ފަދަ ނަންފުޅުތަކެވެ. ވީމާ އެއްވެސް ފާފައެއް ނުފުއްސަވާނެކަމަށް ޤަބޫލުކުރުމަކީ ކުރެވުނު ފާފައަށްވުރެ މާބޮޑު ފާފައެކެވެ. އަހުރެންގެ ގާތުގައި އެންމެ ބޮޑު ފާފައަކީ އެއީއެވެ. ފާފަ ނުފުއްސަވާނެކަމަށް ޤަބޫލުކުރުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން