ދުނިޔެއިން ތިމާ ބޭނުންވާ ކަންކަން ޙާޞިލުނުވާނަމަ އަދި ތިމާއަކީ އާޚިރަތް ކާމިޔާބުކުރެވޭނެ މީހެއްކަން ބަލައިލުމަށް ކޮންމެހެން ބަލަންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދުނިޔެއިން ތިމާ ބޭނުންވާ ކަންކަން ޙާޞިލުނުވާނަމަ އަދި ތިމާއަކީ އާޚިރަތް ކާމިޔާބުކުރެވޭނެ މީހެއްކަން ބަލައިލުމަށް ކޮންމެހެން ބަލަންޖެހޭ ބައެއް ކަންކަން-

- ތިބާ ބުނަނީ ތިބާ ހުރީ ﷲ ތަޢާލާއަށް އީމާންވެގެންކަމަށެވެ. އެކަމަކު ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލެއް ނުކުރެއެވެ. 

- ތިބާ ޤުރްއާން ކިޔަވައެވެ. ނަމަވެސް ޢަމަލެއް ނުކުރެއެވެ. 

- ތިބާއަށް ޝައިޠޯނާ އަކީ ކޮންއެއްޗެއްކަމާ ޝައިޠޯނާއަކީ ތިބާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާކަމާއި ޝައިޠޯނާއަށް ތަބަޢަވުމުން ދާންޖެހޭނީ ނަރަކައަށްކަން އެނގެއެވެ. އެކަމަކު ތިބާ ޝައިޠޯނާގެ ބަހަށް ޢަމަލުކުރެއެވެ. ފާފަކުރެއެވެ. 

- ރަސޫލާ މުޙައްމަދު އަކީ ތިބާގެ ރަސޫލާ ކަމަށް ޤަބޫލުކުރެއެވެ. އެކަމަކު ސުންނަތަށް ޢަމަލެއް ނުކުރެއެވެ. 

- ތިބާ ސުވަރުގެދާން ބޭނުންކަމަށް ބުނެއެވެ. ނަމަވެސް ސުވަރުގެ ވަންނަން މަސައްކަތެއް ނުކުރެއެވެ. 

ނަރަކައަށް ވަންނަން ބޭނުންކަމަށް ތިބާ ބުނެއެވެ. އެކަމަކު ނަރަކައަށް ވަންނަން ޖެހޭނެ ޢަމަލުތައް ކުރަން ބިރެއް ނުގަނެއެވެ. 

- ކޮންމެ ވަގުތަކުވެސް މަރުވެދާނެކަން ތިބާއަށް އެނގެއެވެ. ނަމަވެސް މަރަށް ތައްޔާރެއް ނުވަމުއެވެ. 

- ތިބާ އަވަދި ނެތި އުޅެނީ އެހެން މީހުންގެ ކުށްތައް ހޯދާށެވެ. އެހެން މީހުން ކުރާ ފާފަތަކަށް ތިބާ ކަންބޮޑުވެއެވެ. އެކަމަކު ތިބާއަށް ކުރެވޭ ކުށްތައް އިޞްލާޙެއް ނުކުރެއެވެ. ތިބާއަށް ފާފަކުރެވޭތީ ކަންބޮޑެއްވެސް ނުވެއެވެ.

- ތިބާ ކައިބޮއިހަދަނީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤެވެ. އެކަމަކު ތިބާ ޝުކުރުވެރިއެއް ނުވެއެވެ.

- މީހުން މަރުވުމުން ވަޅުލާ ޖަނާޒާތަކުގައި ތިބާ ބައިވެރިވަމުއެވެ. އެކަމަކު އެކަމުން ތިބާއަށް ލިބޭ ޢިބްރަތެއް އޮންނަކަމަކަށް ނުވެއެވެ. 

ތިބާއަކީ މިބަޔާންކުރިފަދަ ޙާލަތުގައި ހުރި މީހަކު ނަމަ އަވަހަށް އިޞްލާޙްވާށެވެ! އަދި މިބަޔާންކުރި ސިފަތަކުގެ ތެރެއިން ތިބާގެ ކިބައިގައި ހުރި ސިފަތައް އަވަހަށް ނައްތައިލާށެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ ފުރިހަމަ މުސްލިމަކަށް ވެވޭނީ އެއިރުންނެވެ. 

މިބަޔާންކުރި ސިފަތައް ފުރިހަމަ މީހުން ވަރަށް މަދެވެ. ގިނަވާނީ ބައެއް ސިފަތަކުން ކާމިޔާބު ހޯދިފައިވީނަމަވެސް ބައެއް ސިފަތަކުން ފޭލްވެފައިވާ މީހުންނެވެ. އެހެންކަމުން ކޮންމެ މީހަކުވެސް މި ސިފަތައް ތިމާގެ ކިބައިގައި ހުރި މިންވަރާއިމެދު އަމިއްލައަށް ވިސްނައިލާށެވެ. ހަމަކަށަވަރުން އާޚިރަތް ބާއްޖަވެރިކުރެވޭނީ އަމިއްލަ ނަފްސް ހިސާބުކުރުމުގައި ކުރިއަރައިދިއަ މީހަކަށެވެ.

 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން