ފަޤީރުންނަށް އެހީތެރިވާން ފަސްޖެހޭ މީހުން މިވާހަކަ ކިޔައިފިނަމަ ވިސްނުން ބަދަލުވާނެ! އިން ޝާ ﷲ-- ދަންނަ އެންމެންނަށް ޙިއްޞާ ކޮށްލައްވާ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފަޤީރުންނަށް އެހީތެރިވާން ފަސްޖެހޭ މީހުން މިވާހަކަ ކިޔައިފިނަމަ ވިސްނުން ބަދަލުވާނެ! އިން ޝާ ﷲ-- ދަންނަ އެންމެންނަށް ޙިއްޞާ ކޮށްލައްވާ-!

މިއީ ދަރިންކޮޅު ބަނޑަށް ޖެހުމުން އަތުގައި ހުރި ވަކިލާރިކޮޅު ހިފައިގެން ބާޒާރަށް ދަނިކޮށް ސަލާންޖެހި މީހަކަށް އެލާރިކޮޅު ޞަދަޤާތްކުރި މީހަކަށް ވަގުތުން ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކައެވެ. މިވާހަކައިގައި ހަމަ ކޮންމެ މީހަކަށްވެސް ޢީބްރަތެއްވެއެވެ. އަޑުއަހައިލާށެވެ!

"އެއީ އޭނާއަށް ވަރަށް އަތްމަތި ދުވަސްކޮޅެކެވެ. ގެއިން ކާބޯތަކެތި ހުސްވާން ކައިރިވުމުން މާރުކޭޓަށް ދިއައީ ގޭގައި ހުރި ވަކިލާރިކޮޅު ހިފައިގެންނެވެ. މާރުކާޓާއި ކައިރިވެސް ނުވެވެނީސް މީހަކު އައިސް ރޮއިގެންފައި ބުނީ އޭނާގެ ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި ކުޑަ ދެ ދަރިން މިހާރުވެސް ތިބީ ބަނޑުހައިވެގެން ގޮސް ހޭނެތޭ ޙާލުގައި ކަމަށެވެ.

އެވަގުތު އޭނާ ހުއްޓިލާފައި ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނައިލިއެވެ. އޭނާ ހިތަށް އެރީ އަދިވެސް އެއް ދުވަހު ކާނެ ތަކެތި ގޭގައި އެބަހުރި ކަމެވެ. ނަމަވެސް އެމީހާގެ ދެ ދަރިން ބަނޑަށް މަރުވަނީ އެވެ. އެގޮތަށް ހިތަށް އެރުމުން ގެންދިއަ ވަކިލާރިކޮޅު ނަގާފައި އެމީހާއަށް ދީފައި ބުންޏެވެ. "ތިއައީ މިވަގުތު އަހަރެންގެ އަތުގައި އޮތް މިންވަރެވެ. ދަރިންގެ ފުރާނަ ސަލާމަތްކުރެވޭތޯ އަވަހަށް މަސައްކަތް ކުރާށެވެ!"

އެމީހާ އެވަގުތު އޭގައި ހިފިއެވެ. އަދި ޖީބުން އެއްޗެއް ނަގާފައި ވަރަށް ސިއްރުން އެމީހާގެ މުށުތެރެއަށް ލައިދީފައި ބުންޏެވެ. "ޞަދަޤާތެއް ދޭން ޙައްޤު މީހަކު ފެނޭތޯ މިތަނުގައި އުޅޭތާ އިރުކޮޅެއް ވެއްޖެއެވެ. ތިއައިން ތިބާއަށް ބޭނުމެއް ފުދޭތޯ ބަލައިލާށެވެ!" އެހެން ބުނުމަށްފަހު އެމީހާ ގޮސް އެތަނުގައި އޮތް ކާރަކަށް އަރައިގެން ދިއައީއެވެ.

އެމީހާ ދިއުމުން މުށް ހުޅުވާފައި ބަލައިލިއިރު އެމީހާ މުށުތެރެއަށް ލައިދީފައިވަނީ 1000 ދިރުހަމެވެ."

މީހަކު ހާލުގައި ޖެހިގެން އެހީތެރިކަމަށް އެދި ދިއުމުން އެ ބޭނުމެއް ފުއްދައިދެވެން އޮވެމެ އެހީތެރި ނުވެ ހުސްއަތާ އަނބުރައި ފޮނުވައިލަނީ ﷲ ގެ އެހީތެރިކަމަށް ބޭނުން ނުވާ މީހުންނެވެ. އެހެނީ ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އަޅާ، އޭނާގެ އަޚާގެ އެހީތެރިކަމުގައި ވާހައި ހިނދަކު ﷲ ތައާލާ ވޮޑިގެންވަނީ އެމީހަކަށް ވާގިވެރިވެ ޑިގަތުމުގައެވެ."

މިކަމުގައި ބައެއް މީހުން ކުރާ ސުވާލެކެވެ. "އޭނާ އެހީއަށް އެދިގެން އައީ ވަރަށް ބޮޑު ކަމެއްގައެވެ. އެވަރުގެ ކަމެއް ކޮށްދެވޭކަށް ނެތެވެ. ދެން ހަދާނީ ކިހިނަކުންތޯއެވެ.؟"

މީހަކު އެހީއަކަށް އެދިގެން ކިތަންމެ ބޮޑު ކަމެއްގައިވެސް އަތުވެދާނެއެވެ. އެވަގުތު ތިބާއަށް ދިއްކޮށްލެވެން އޮތީ އެންމެ ރިޔާލައެއް ނަމަވެސް އަވަހަށް ހަދިޔާކުރާށެވެ! އެއީ މަތިވެރިވެގެންވާ ޞަދަޤާތެކެވެ. އެހެނީ ދަތިޙާލުގައި އުޅެމުން ކުރާ ޞަދަޤާތުގައި ބަރަކާތް އިތުރުވާނެއެވެ! ވީމާ ކޮންމެހެން އެމީހާ އެދިގެން އައި ބޭނުން އެކުގައި ފުރިހަމަކޮށްދެވެން ނެތިގެން އެހީތެރިނުވެ ނުހުންނާށެވެ! އެންމެ ރިޔާލައެއް ދެވެން ނެތްނަމަވެސް އޭނާއަށް ހެޔޮކޮށް ހިތައި އޭނާއަށްޓަކައި ހެޔޮ ދުޢާކޮށްދޭށެވެ! އެކަމުން ދެއްވަވާ ޘަވާބުވެސް ގިނަގުނައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން