ހިފަންޖެހިފައިވާ ވާޖިބު ރޯދައެއް، ރޯދަ ހިފުން ސުންނަތްވެގެންވާ ދުވަހަކު ހިފައިފިނަމަ ދެކަމުގެ ޘަވާބު އެމީހަކަށް ދެއްވަވާނެތެވެ!. އިން ޝާ ﷲ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ، ރޯދަ ހިފުން ސުންނަތް ވެގެންވާ، ހަނދު މަހުގެ 13،14،15 ދުވަހު ވާޖިބު ރޯދައެއް ހިފުމުން ދެކަމުގެ ސަވާބު ލިބޭނެތޯ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ކޮންމެ މަހުެއްގައި ރޯދަ ހިފުން ސުންނަތްވެގެންވަނީ 13،14،15 ވަނަ ދުވަހުގެ އިތުރުން ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތިދުވަހުއެވެ. ވީމާ ޤަޞާކުރަންޖެހިފައިވާ ރޯދަތައް އެދުވަސްތަކުގައި ހިފާނަމަ 2 ޘަވާބު ލިބިގެންދާނެއެވެ.
ސުންނަތް ރޯދައަކަށް ހުރެފައި ރޯދަ ދޫކޮށްލެވިދާނެތޯ؟ މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ދައުވަތެއް ލިބިއްޖެ ނަމަ ރޯދަ ދޫކޮށްލެވިދާނެ ކަމަށެވެ. ނަމަވެސް ބޮޑަށް ރަނގަޅީ ރޯދަ ފުރިހަމަކުރުން ކަމަށެވެ.
މިހާރަކަށް އައިސް ގިނަވާނީ ކޮންމެވެސް ފަރާތަކުން ކޮންމެވެސް ދައުވަތެއް ލިބޭނެ ދުވަހަކެވެ. އެހެންކަމުން ރޯދަ ދޫކުރަންވެއްޖެ ނަމަ ރޯދަ ފުރިހަމަކުރެވޭނެ ދުވަހެއް ވަރަށް މަދުވާނެކަން ފާހަގަކުރެވެއެވެ.