އަންހެނުން ވިޔަފާރި ދަތުރުތައްކުރިނަމަވެސް ﷲ އެންގެވި އިމުގަ ހިފަހައްޓަންޖެހޭނެ!: ޢަބްދުއްރަޙީމް ގްރީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަންހެނުން ވިޔަފާރި ދަތުރުތައްކުރިނަމަވެސް ﷲ އެންގެވި އިމުގަ ހިފަހައްޓަންޖެހޭނެ!: ޢަބްދުއްރަޙީމް ގްރީން

މިއަދު ކުރިމަތިވާ މައްސަލައެކެވެ. ވިޔަފާރިކުރާ އަންހެނުން މުދައު ހޯދަން ބޭރު ޤައުމުތަކަށް ދަނީއެވެ. އެކަނބުލޭގެގެ އެޖެންޓަކީ ނުވަތަ އެހީތެރިއަކީ ފިރިހެނަކަށްވެދާނެއެވެ. އަދި އެމީހަކީ އެޖެންޓް ކަމުގައި ވުމަކީ ދެމީހުން އެކަނި ވަގުތުތައް ހޭދަކުރަން ލިބޭ ހުއްދައެއް ނޫނެވެ. ހަމަ އެއާއިއެކު އެޖެންޓް އެމީހެއްގެ ޤައުމަކީވެސް އޭނާ އާއިއެކު އެކަހެރިވުން ހުއްދަކުރާ ސަބަބެއް ނޫނެވެ. ވީމާ ކޮންމެ މަސައްކަތެއް ކުރިނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތޔަކުގައި ހިފަހައްޓާށެވެ.

އަންހެނުންނަކީވެސް ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ އެއްވެސް މަސައްކަމެއް ކުރުން މަނާވެގެންވާ ބައެއް ނޫނެވެ. ވިޔަފާރިވެސް ކުރަންވީއެވެ. އެހެން މަސައްކަތްތައް ވެސް ކުރަންވީއެވެ. އޮތީ ހަމަ އެކަނި އެންމެ ޝަރުޠެކެވެ. ﷲ ތައާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ކަންކަން ކުރުމެވެ. މިކަމުގައި ޚަދީޖާ (ރޢ) ވަނީ ނަމޫނާ ދައްކަވައިދެއްވަވައިފައެވެ.

ކުރިންވެސް ބުނިފަދައިން ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކޮންމެ މަސައްކަތެއްވެސް ކޮންމެ އަންހެނަކުވެސް ކުރަންވީއެވެ. އެކަމަށް ދީނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. ހަމައެއާއިއެކު ޤަބޫލުކުރަންވީ އަންހެނުން މަސައްކަތެއް ކުރި ކަމަށްވާނީ ވަޒީފާ އަދާކުރުމުން ނުވަތަ ވިޔަފާރިކުރުން ފަދަ ގޮތަކުން އެކަނި ނޫން ކަމެވެ. ފިރިމީހާއަށާއި ދަރިންނަށާއި ޢާއިލާއަށް ކޮށްދޭ ކަންކަމަކީވެސް ހަމަ ބަރަކާތް ލެއްވެވިގެންވާ، ދެ ދުނިޔޭގައިވެސް ތިމާއަށް ފައިދާކުރާނެ މަސައްކަތްކަމެވެ.

--ޢަބްދުއްރަޙީމް ގްރީންގެ ދަރުސަކުން

މިއަދު އޮންލައިން