ގޮތެއް ނިންމަން އުނދަގޫވާފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އިސްތިޚާރާ ނަމާދުކުރުންމަތީގައި ދެމިހުންނާށެވެ. އިސްތިޚާރާ ނަމާދުކުރުންމަތީގައި ދެމިހުރުމުން އެއީ ތިމާއަށް ފައިދާކުރާނެ ރަނގަޅު ކަމެއްނަމަ އެކަމެއް ކުރުމުގެ މަގުފަހިވެ އެކަމެއް ކުރަން ފަސޭހަވެގެންދާނެއެވެ.
އަދި އެކަމަކީ ނުބައިކަމެއް ނަމަ އެކަމަކުން ދުރުހެލިވެވޭނެއެވެ. (ސަބަބުތަކުގައި ހިފަންވާނެ އެވެ. އެގޮތުން އެކަމަކަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ.) --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އިޝްތިޚާރާ ނަމާދުކުރަން ޖެހޭނީ ކިހައި ދުވަހަކުތޯ އާއި އަދި ނަމާދުކުރުމުން ރަނގަލު ގޮތަކީ ކޮބައިކަން އެނގޭނީ ކޮންކަހަލަ އިޝާރާތަކުންތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.