(ނަފްސް އިޞްލާޙް ކުރުން)`
إنَّ ألْحَمْدَ للهِ نَحْمَدُهُ وَ نَسْتَعِيْنُهُ وَنَسْتَغْفِره وَنَعُوْذُ بِااللهِ مِنْشُرُورِ أَنْفُسِنَا ومِنْ سَيِّآتِ أَعْمَالِنَا وَمَنْ يَهْدِ اللهُ فَلاَ مُضِلَّله وَمَنْ يُضْظِلْ فَلا هَادِيَ لَه وَأَشْهَدُ الاَّإلَهَ إلاَّ الله وحْدَهُ لآ شرِيْكَ لَه وأَشْهَدُ أنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ صَلىَ الله عَلَيْه وَسَلَّم.
فَإنَّ خَيْرَ الكَلاَمِ كَلاَمَ اللهِ وَخَيْرَ الْهَدْيَ هَدْيَ مُحَمَّدٍ صَلىَ الله عَلَيْه وَسَلَّم وَشر الأمورِ محدَثَاتُها وَكُلَّ مُحدَثَةٍ بِدَعْوَة وَكُلَّ بِدْعَةٍ ضَلاَلَة وَكُلَّ ضلالةٍ فِي النَّار.
ލޮބްވެތި އަޚުންނާއި އުޚްތުން السّلام علَيْكُم وَرَحْمَةُ الله وَبَرَكَاته
އަޅުގަނޑުމެން މިރޭ މިބަރަކާތްތެރި މަޖްލިހުގައި ވާހަކަ ދައްކާލާނީ ނަފްސު ހިސާބުކުރުމާބެހޭ ގޮތުން، ނަފްސަކީ ވަރަށްބޮޑު އަމާނާތެއް އަޅުގަނޑުމެން ނަފްސޭ ބުނުމުން އޭގެ ތެރޭގައި އަޅުގަނޑުމެންގެ ހަށިގަނޑާއި، ފުރާނަ އެބަ ހިމެނޭ މި ނަފްސު މިހަށިގަނޑު ﷲ ތަބާރަކަ ވަތަޢާލާގެ މިއަމާނާތް އަޅުގަނޑުމެން އެންމެ އެދެވޭ ގޮތުގައި އެއަމާނާތައް އަޅުގަނޑުމެން ރައްކާތެރި ވާން އެބަޖެހޭ.
އެހެންވީމާ، މިނަފްސު ހިސާބު ކޮށް މިނަފްސުގެ ކަންކަން ކުރިޔަށްދަނީ ކިހިނެއްތޯ އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަޔަށް ދެނެގަންނަން އެބަޖެހޭ ﷲ ތަބާރަކަ ވަތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފަވޭ، " يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ " ﷲ ތަބާރަކަ ވަތަޢާލާ މުއުމިނުތަކުންނަށް އަންގަވާފަ އެވަނީ، އެކަލާނގެއަށް ބިރުވެތިވެ ތަޤުވާވެރި ވުމަށް ހަމަ އެޔާއެކުގާ މާދަމާޔަށް ޤިޔާމަތް ދުވަހަށް ހިސާބު ބައްލަވާނެ ދުވަހަށް ކޮންމެ ނަފްސެއްވެސް އެނަފްސެއް ކުޅަ ކަންތައްތައް ބެލުމަށް އަންގަވާފައެވަނީ " وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ" މާނައީ: "ހަމަކަށަވަރުން ﷲ ތަބާރަކަ ވަތަޢާލާއީ ތިޔަބައިމީހުން ކުރާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އިލާހޭ! ކޮންމެ ނަފްސެއްވެސް އެނަފްސަކުން ކުޅަ ކަންތައް ބަލާހުށިކަމެވެ."
ތިމާޔަށް މިކުރެވެނީ ހެޔޮ ކަންތައްތައްތޯ؟ ތިމާޔަށް މިކުރެވެނީ ނުބައިކަންތައްތައްތޯ؟ ތިމާޔަށްމިދެވެނީ ސަލާމަތާއި ރައްކާތެރި ކަމުގެ މަގައްތޯ؟ ނުވަތަ ތިމަންނާޔަށް މިދެވެނީ، ހަލާކާ ގެއްލުމާ ނުރައްކަލުގެ މަގަށްތޯ؟ ކޮންމެ ނަފްސެއްވެސް އެނަފްސެއް ކުޅަކަންތައް ބަލާށޭ! ކުރަމުންދާ ޢަމަލުތަކާ ކުރަމުންދާ ކަންތަކާ ދުލުން ބޭރުކުރާ ބަސްތަކާ ބަލަމުން ގެންދާނެ ކޮންކަމެއްތޯ ކިހިނެއްތޯ؟ ތިމަންނަޔަށް މިކަން މިކުރެވެނީ ރަގަޅަށްތޯ؟ ނުވަތަ ނުބައިކޮންތޯ؟ މިކުރެވެނީ،
މިއާޔަތުގެ ތަފްސީރުގާ މުފައްސިރުންގެ ތެރެއިން މަޝްހޫރުބޭކަލެއް އިބުނުކަޘީރު އަޙްމަދުﷲ ޢަލައިހި ވިދާޅުވަނީ މިއާޔަތުގެ މާނައަކީ : "حاسِبُوا أَنْفُسَكُم قَبْلَ أن تُحَاسَبُوا " ތިޔަބައިމީހުންގެ ނަފްސްތަކުގެ ހިސާބު ބެއްލެވުމުގެ ކުރިން ތިޔަބައިމީހުންގެ ނަފްސުތަކުގެ ހިސާބު ތިޔަބައިމީހުން ބަލާށޭ! ﷲ ތަބާރަކަ ވަތަޢާލާގެ ޙަޟްރަތަށް ޢަމަލުތައް ހުށަހެޅުމުގެ ކުރިން ތިޔަބައި މީހުންގެ ނަފްސުތައް ހުށަހެޅުމުގެ ކުރިން ތިޔަބައި މީހުން ކުޅަކަންތަކާ މެދުގާ ތިޔަބައިމީހުން ހިސާބުކުރާށޭ! އެކަމާ ދޭތެރޭގާ ވިސްނާ ފިކުރުކުރަން.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް