"ކިތަންމެ ބޮޑަކަށް ފިލައި ހުރެ ސޯޝަލް މީޑިއާގައި ފޭކް ނަމެއްގައި ލިޔެގެން ނަމަވެސް އަދި ތަޞްވީރެއް، ނުވަތަ ކާޓޫނެއް ކުރަހައިގެން ނަމަވެސް އަދި އެނޫން ގޮތަކުން ނަމަވެސް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެ، ޙައްޤު ނޫން އިލްޒާމެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވައިފިނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ އެވެ. ކިތަންމެ ފޭކް ނަމެއްގައި ލިޔުނު ނަމަވެސް އެކަންކުރީ ކާކުކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ! އެމީހެއްގެ ކޮނޑުގައި ތިއްބަވާ މަލާއިކަތުން އެމީހެއްގެ ފަތުގައި އެމީހާގެ އެ ޢަމަލު ލިޔުއްވަވާނެ އެވެ." --މުފްތީ މެންކް
މިބާވަތުގެ އަމަލުތައް ކުރާ މީހުން މިކަންކަމަށް އިތުރަށް ވިސްނައި ހޭލުންތެރިވެ ޢާޚިރަތް ހޯދަން ވިސްނުމުން ނޫނީ ދެން މެދުވެރިވެދާނެ ޙާލަތަށް ވިސްނައިލުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރެވެއެވެ.
މީސްތަކުންގެ ޙައްޤުތައް އަރައިގަންނަމުންދާ މީހުން މިއަދު އަޅުގަނޑުމެންގެތެރޭގައި ވަރަށް ގިނައެވެ.މީހުންގެ ޙައްޤުތައް އަދާކުރުމުގައި އިންތިހާއަށް ފޭލްވެފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުކުރާ މެސެޖުތަކުގެ 70 އިންސައްތައަކީ މީސްތަކުންގެ އަބުރަށާއި ކަރާމާތަށް އަރައިގަނެފައިވާ މެސެޖުތައް ކަމުގައިވާތީއެވެ. ނަފްރަތުކުރާ މީހާގެ ޙައްޤުތަކަށް އަރައިގަނެ ލޭ ބުއިމުގައި ހައްދު ފަހަނައަޅާފައިވާތީއެވެ.
ހޭލުންތެރިކުރުވަން އަބަދުހެން މަސައްކަތްކުރިނަމަވެސް ފޭކް ނަންނަމުގައި މަކަރާ ހީލަތް ހަދައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެމީހާއަށް ޙަޤީޤަތް އޮޅުވައިލެވިދާނެއެވެ. ނަމަވެސް ކުރިން މިބަޔާންކުރި ފަދައިން ކޮނޑުގައި ތިއްބެވި މަލާއިކަތުންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. އަދި ﷲ ތަޢާލާއަށް ބަންހަނާއެއްވެސް ނުކުރެވޭނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން