ޚަދީޖާ ރަޟިޔަالله ޢަންހާ އަށް ފަހު ރަސޫލާ ﷺ ކައިވެނި ކުރެއްވީ އިސްލާމްދީނުގައި އެންމެ ފުރަތަމަ ހުވަފެންވެ ވަޑައިގެން ކަމަނާ ސައުދާ ބިންތި ޒަމްޢާ އާއިއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 80 އަހަރެވެ.
މީސްތަކުންނަށް އެހީތެރިވުން ގިނަކަމުން މިސްކީނުންގެ މަންމަގެ ލަޤަބު ލިބިވަޑައިގެންފައިވާ ޒައިނަބު ބިންތި ޚުޒައިމާގެ ފިރިކަލުން އުޙުދު ހަނގުރާމާގައި ޝަހީދުވެ ވަޑައިގަތުމާއި ގުޅިގެން އެކަމަނާ އަށް ހެޔޮކޮށް ހިއްތެވުމުގެ ގޮތުން ރަސޫލާ ﷺ ކައިވެނި ބައްލަވައިގެންނެވިއެވެ.
ޒައިނަބު ބިންތި ޖަޙްޝި އާއި ރަސޫލާ ﷺ ކައިވެނި ބައްލަވައިގެންނެވީ ތަބައްނީ (އެޑޮޕްޓު) ކުރުމުގެ އުޞޫލު އުވި، އަދި ތަބައްނީގެ ގޮތުން ދަރިޔަކު އިނދެވަރިކޮށްފައިވާ މީހަކާ ކައިވެނި ކުރުމަކީ ހުއްދަކަމެއްކަން އުނގަންނައިދެއްވުމުގެ ގޮތުންނެވެ.
ރަސޫލާ ﷺ އުއްމު ޙަބީބާ، އުއްމު ސަލަމާ އަދި ސައުދާ ބިންތި ޒަމްޢާ އާއި ކައިވެނި ބައްލަވައިގެންނެވީ ހުވަފެންވެފައިވާ އަންހެން ކަނބަލުންނަށް އެހީތެރިވެ ވަޑައިގަތުމުގެ ގޮތުންނެވެ.
ޢުމުރުން 80 އަހަރުގެ ސައުދާ ބިންތި ޒަމްޢާ އާއި ރަސޫލާ ﷺ ކައިވެނި ބައްލަވައިގަތީ ހުވަފެން އަންހެނަކަށް އެހީތެރިވެ ވަޑައިގެން އަދި އެކަމުގެ ނަމޫނާ އުއްމަތަށް ދެއްކެވުމުގެ ބޭނުންފުޅުގައެވެ.
އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގޮތުން ރަސޫލާ ﷺ އެކަލޭގެފާނުގެ ދެއަންހެން ކަނބަލުން ޢުޘްމާން ރަޟިޔަالله ޢަންހު އާއި ކައިވެނި ކޮށްދެއްވެވިއެވެ. އަދި ޙަފްޞާ ބިންތި ޢުމަރާއި ޢާއިޝާ ބިންތި އަބީބަކްރި އާއި ކައިވެނި ބައްލަވައިގެންނެވިއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް