ރަސޫލާ ޞޢޥ، ޢާއިޝާ ރަޟިޔަالله ޢަންހާ އާއި ކައިވެނި ކުރެއްވެވުމުގެ ޙިކްމަތްތަކުގެ ތެރެއިން--: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރަސޫލާ ޞޢޥ، ޢާއިޝާ ރަޟިޔަالله ޢަންހާ އާއި ކައިވެނި ކުރެއްވެވުމުގެ ޙިކްމަތްތަކުގެ ތެރެއިން--: ޑރ. އިޔާޟް

"ރަސޫލާ ޢާއިޝާ ރަޟިޔަالله ޢަންހާ އާއި ކައިވެނި ކުރެއްވެވުމުގެ ޙިކްމަތްތަކުގެ ތެރޭގައި އެކަމަނާ މެދުވެރިކުރައްވާ އެކަލޭގެފާނުގެ ކިބައިން ގިނަ ޢިލްމު ފެތުރުއްވުން ހިމެނެއެވެ. ޅަޢުމުރުގައި ދަސްކުރާ ތަކެއްޗަކީ ހިލަގަނޑެއްގައި ކަނޑާ ނެގުންފަދަ ކަމެކެވެ. ޢާއިޝާ ރަޟިޔަالله ޢަންހާ ގެންދެވީ ގިނަކަންތައްތަކެއް ދަސްކުރައްވަމުންނެވެ. 

ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު 42 އަހަރު ވަންދެން އެކަލޭގެފާނުގެ ސުންނަތް މީސްތަކުންނަށް އުނގަންނަވައިދެއްވުމުގައި ޢާއިޝާ ރަޟިޔަالله ޢަންހާ ހޭދަކުރެއްވެވިއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޢާއިޝާ ރަޟިޔަالله ޢަންހާ އާއި ރަސޫލާ އެހާ ހަގު ޢުމުރުފުޅުގައި ކައިވެނި ބައްލަވައިގަތުމުން އުންމަތަށް ކުރިފައިދާތައް ވަރަށް ގިނައެވެ. ޑރ. އިޔާޟް ބަޔާން ކުރައްވަވާފަދައިން އެކަމަނާ އުނގެނިވަޑައިގެންނެވި ކަންކަން ރަސޫލާ އަށްފަހު އުންމަތަށް ދަސްފުޅުކޮށްދެއްވެވުމުގައި އަވަދިނެތި އުޅުއްވެވިއެވެ. އެކަމުގެ ސަބަބުން އިސްލާމް ދީނަށް ލިބުނު ނަޞްރާއި ކުރިއެރުން ވަރަށް ބޮޑެވެ. 

ރަސޫލާ އަށްފަހު ޞަޙާބީންނަށް ކުރިމަތިވެވަޑައިގެންނެވި ކޮންމެ ކަމެއްގައިހެން އެކަމަނާ ވަނީ ސުންނަތުގައި އޮތްގޮތް ބަޔާންކޮށްދެއްވަވައިފައެވެ. އެކަމަނާއަކީ ކަންކަން ދަސްފުޅު ކުރެއްވެވުމުގައި ނަމޫނާ ބޭކަނބަލެކެވެ. ރަސޫލް އާލާސްކަންފުޅާ އުޅުއްވެވިއިރު ޙަކީމުން ކުރި ބޭސްފަރުވާވެސް އެކަމަނާވަނީ ދަސްފުޅުކުރައްވައިފައެވެ. އެއީ ގިނަ ބައަކަށް ސިހުން ލިބިގެންދިއަ ކަމެއްގެ ގޮތުގައިވެސް ޢިލްމުވެރިން ވަނީ ބަޔާންކުރައްވަވައިފައެވެ. 

ވީމާ ތަންދޮރު ނުދަންނަ ޖާހިލުން ދައްކާ ވާހަކަތައް ޙައްޤު މަގުގައި ތިބި މުސްލިމުން ޤަބޫލެއް ނުކުރާނެއެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު ދުޝްމިނުންނާއި ދުޝްމިނުންގެ ވާގިވެރިން ނިކަމެތިވެގެންދާތަން ލަސްތަކެއް ފެންނާނެއެވެ. 

މިއަދު އޮންލައިން