"ޙައްޖަށް ގޮސް ހުންނައިރު ބައްޕައަށް އުމުރާކޮށްދެވޭނީ ތިމާގެ މައްޗަށް ވާޖިބު އުމުރާ ވުމަށްފަހުގައެވެ. ނަމަވެސް ތިބާގެ މައްޗަށް ކުރާ އުމުރާގެ އަޅުކަމުގެ ތެރޭގައި އަދި އެނޫންވެސް އަޅުކަމުގެ ވަގުތުގައި ބައްޕައަށް ކޮށްދޭ ހެޔޮ ދުޢާގެ ފައިދާ ފައިދާ ބައްޕައަށް ވަރަށް ބޮޑަށް ބައްޕައަށް ކުރާނެއެވެ. އަދި ބައްޕަގެ ނަމުގައި ކުރާ ޞަދަޤާތުގެ ފައިދާވެސް ބައްޕައަށް ވަރަށް ބޮޑަށް ކުރާނެއެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އަޅުގަނޑުގެ ބައްޕަ ވަނީ ނިޔާވެފައެވެ. އަޅުގަނޑު އަލަށް ޙައްޖަށް ގޮސްފައި ބައްޕައަށް އުމުރާއެއް ކުރުމަށް ނިޔަތް ގަނެ، ބައްޕަގެ މައްޗަށް ޢުމްރާ ކުރުމުން އެ ޢުމުރާ ބައްޕައަށް ލިބޭނެތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.
މިޖަވާބުން އެނގިގެންދަނީ މަންމަ ނުވަތަ ބައްޕަގެ މައްޗަށް ޢުމުރާ ކުރުމުގެ އިތުރުން ތިމާ ޢުމުރާ ކުރާއިރުވެސް މައިންބަފައިންގެ މައްޗަށް ހެޔޮ ދުޢާ ކުރުމުންނާއި ޞަދަޤާތްކުރުމުން އެކަމުގެ ފައިދާ މައިންބަފައިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމެވެ.