ފާފަތައް ފުހެވި ޘަވާބު އިތުރުވުމަށް އެދޭމީހާ މިސްކިތަށް ނަމާދަށް ދިއުން ގިނަކުރުމުގެ ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ފާފަތައް ފުހެވި ޘަވާބު އިތުރުވުމަށް އެދޭމީހާ މިސްކިތަށް ނަމާދަށް ދިއުން ގިނަކުރުމުގެ ފައިދާ-

ފަރުޟު ނަމާދަށް މިސްކިތައް ދިއުމަކީ ނަމާދުކުރުމުން ލިބޭ ސަވާބުގެ އިތުރުން ގިނަ އަދަދެއްގެ ފާފަ ފުހެވި، ގިނަ އަދަދެއްގެ ސަވާބު ލިބޭ ކަމެކެވެ. ގޭގައި ނަމާދުކުރުން ހުއްދަ ނަމަވެސް ގޭގައި ނަމާދުކުރާ މީހާއަށް ނަމާދަށް މިސްކިތަށް ދިއުމުން ލިބޭ ގިނަ ފައިދާތައް ނުލިބޭކަން ޙަދީޘްފުޅުން އެނގިގެންދެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވެވިއެވެ:

(من حين يخرج أحدكم من منزله إلى مسجده فرجل تكتب حسنة والأخرى تمحو سيّئة)صححه الألباني. "

މާނައީ: ތިއަބައިމީހުންކުރެ މީހަކު މިސްކިތަށް ދިއުމަށްޓަކައި ގެއިން ނުކުންނަ ހިނދުން ފެށިގެން އެއް ފިޔަވަޅުން ހެޔޮކަމެއް ލިޔެވި އަނެއް ފިޔަވަޅުން ފާފައެއް ފޮހެދެތެވެ."

ޙަދިޘް ބަޔާންކުރެއްވީ ޝައިޚް އިލްޔާސް ޖަމާލް

މިއަދު އޮންލައިން