އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ގިނަ އެވޯޑް ތަކެއް އުރީދޫއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ގިނަ އެވޯޑް ތަކެއް އުރީދޫއަށް!

އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ގިނަ އެވޯޑް ތަކެއް އުރީދޫއަށް ލިބިއްޖެއެވެ.

މިކަމާގުޅިގެން އުރީދޫން ބުނެފައިވަނީ ކޯވިޑް-19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި ފޯރުކޮށްދިން ޙިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ޙިދުމަތައްވެސް ފާހަގަކޮށްލެވޭ އެވޯޑެއް ލިބިފައިވާ ކަމަށެވެ.

އޭޝިއާ ޕެސިފިކް އެވޯޑްސް އިން ލިބިފައިވާ އެވޯޑުތައް

ގޯލްޑް ސްޓީވީ - އެކްސަލަންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޯވިޑް 19 އާއި ގުޅިގެން ދިމާވެފައިފާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ހިންގުމަށް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ހިދުމަތްތައް)

ސިލްވަރ ސްޓީވީ - އެކްސަލަންސް އިން ކޮންސިއުމަރ ޕްރޮޑަކްޓް އެންޑް ސަރވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް)

ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (އެމް-ފައިސާގެ ހިދުމަތްތައް)

 

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ޑިޖިޓަލް ހިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ފުރުސަތުތައް ފަހިކޮށްދިން އުރީދޫގެ އިސްނެގުންތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ޕެންޑެމިކްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ވަރަށް އިޚްލާޞްތެރިކަމާއި ބުރަ މަސައްކަތުން، އަޅުގަނޑުމެންގެ ޓީމުން އީޖާދީ ޚިދުމަތްތައް ތަޢާރަފްކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ޙިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް ފަހިކޮށްދިން. އަޅުގަނޑުމެންގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށް، މުޅި ކަސްޓަމަރ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ހިތްވަރާއި ޝައުޤުވެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ މުޅި ޓީމަށް އަޅުގަނޑު ތަހުނިޔާ އާއި މަރުހަބާ ދަންނަވަން،" ޚާލިދު އަލް ޙަމާދީ ވިދާޅުވި އެވެ.

 

މިއަދު އޮންލައިން