ހުކުރުނަމާދު ނިންމައި އިމާމާ ސަލާންދޭއިރަށް ތެދުވެގެން ފައިބަން ތިއަ ދުއްވައިގަންނަނީ ޝައިޠޯނާ ތިބާގެ ބުރަކަށީގަ އަތްއަޅައި ކޮއްޕާ ނެރޭތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހުކުރުނަމާދު ނިންމައި އިމާމާ ސަލާންދޭއިރަށް ތެދުވެގެން ފައިބަން ތިއަ ދުއްވައިގަންނަނީ ޝައިޠޯނާ ތިބާގެ ބުރަކަށީގަ އަތްއަޅައި ކޮއްޕާ ނެރޭތީ ހެއްޔެވެ؟

ހުކުރު ނަމާދު ނިމޭއިރަށް މިސްކިތުން ފައިބަން ތިއަ އަވަސްވެގަންނަނީ ކޮންތަނަކަށް ނުދެވިގެން ހެއްޔެވެ؟ އެއްވެސް ތަނަކަށް ނުދެވިގެނެއް ނޫނެވެ. އެމީހާގެ ބުރަކަށީގައި ޝައިޠޯނާ އަތްއަޅައި ކޮއްޕައި ނެރެލަނީއެވެ. ޙަޤީޤީ ސަބަބެއް މެދުވެރިވެގެން ފައިބަނީ ހަމަ ހާހަކުން މީހެކެވެ.  

ވީމާ ކޮންމެހެން ކުރަން ޖެހޭ ވަރަށް މުހިންމު ކަމެއް ނެތްނަމަ އަވަސް އަރުވާލައި މިސްކިތުން ފައިބާ މީހަކަށް ނުވާށެވެ! އެންމެ މަދުމިނުން 15 މިނިޓް ވަރު މަޑުކޮށްލާށެވެ!  

ޛިކްރް ތަސްބީޙަ ކިޔައިލާށެވެ. ފަހު ސުންނަތް ކޮށްލާށެވެ. ގެއަށް ގޮސް 2 ރަކްޢަތް ނުކުރެވޭނެ ނަމަ ރަނގަޅީ މިސްކިތުގައި 4 ރަކްޢަތް ކޮށްލުމެވެ. މަދުވެގެން 2 ރަކްޢަތްކޮށްލާށެވެ! އެއަށްފަހު މައިންބަފައިންނަށާއި ޢާއިލާއަށާއި ގާތް އެކުވެރިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަދި ތިމާ އެދޭ ކަންކަމުގެ ވާހަކައިން ވެސް ދަންނަވައި ދުޢާކުރާށެވެ! މީސްތަކުންނަށް ނުއަންގައި އެމީހުންގެ މައްޗަށް ދުއާކުރުމުން ހަމަ އެކަމެއް ތިބާއަށް ދެއްވެވުން އެދި މަލާއިކަތުން ތިބާއަށްޓަކައި ދުޢާކޮށް ދެއްވަވާނެތެވެ! މި މަތިވެރި ނިޢްމަތް ދޫކޮށްނުލާށެވެ!  

ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި މިހާރު ހުންނަ ގޮތުން ހުކުރުން ފޭބުމަށްފަހު ގިނަ މީހުން އުޅޭނީ ކޮންމެވެސް ކަމެއްގައި މަސްއޫލުވެގެންނެވެ. ވީމާ ހުކުރު ނަމާދުގެ ކުރިން ކަހްފި ސޫރަތް ނުކިޔެވޭ މީހުން ހުކުރު ނަމާދަށްފަހު ކިޔަވައި ނިންމައިލާށެވެ! ކަހްފި ސޫރަތް ކިޔަވާފައިވާނަމަ މިސްކިތުން ފޭބުމުގެ ކުރިން އެންމެ މަދުމިނުން ކީރިތި ޤްރުއާނުން އެންމެ ޞަފްޙާއެއް ނަމަވެސް ކިޔަވައިލާށެވެ!  

ޚާއްޞަކޮށް ދަރިން ގޮވައިގެން މިސްކިތަށް ދާ މީހުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. މިމުހިންމު އާދަ އެކުދިންގެ ކިބައިގައި އަށަގަންނުވޭނީ މައިންބަފައިން އެކަމުގައި ނަމޫނާ ދައްކައިދިން ވަރަކުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން