މައިންބަފައިންނަށް އެހަދިޔާ ލިބުމުން އެންމެ ބޮޑަށް އަންތަރީސްކަން ލިބި އުފަލުން ނަށަން ފަށާނެ ހަދިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
މައިންބަފައިންނަށް އެހަދިޔާ ލިބުމުން އެންމެ ބޮޑަށް އަންތަރީސްކަން ލިބި އުފަލުން ނަށަން ފަށާނެ ހަދިޔާ!

ކޮންމެ މީހަކުވެސް އެމީހެއްގެ މައިންބަފައިންނަށް ސަރޕްރައިޒް ދޭން ބޭނުންވާނެއެވެ. އަދި އެމީހާ ދޭ ސަރޕްރައިޒް އަކީ މައިންބަފައިންނަށް އެންމެ ފައިދާކުރާނެ ސަރޕްރައިޒްއަށް ހަދަން ބޭނުންވާނެއެވެ. 

މި ސަރޕްރައިޒް ދިނުމަށްޓަކައި އެއްވެސް އެއްޗެއް ގަންނާކަށްވެސް ނުޖެހެއެވެ. ވީމާ އަތުން  އެންމެ ރުފިޔާއެއް ވެސް ޚަރަދުކުރާކަށް ނުޖެހެއެވެ. ވީމާ އެއިގެ މާނައަކީ ފައިސާގެ ގޮތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމެވެ. ވީމާ ކިތަންމެ މުއްސަނދި ނަމަވެސް އަދި ފަޤީރު ނަމަވެސް މި ސަރޕްރައިޒް ދެވިދާނެއެވެ. 

މިހިސާބަށް އައިއިރުވެސް ސަރޕްރައިޒް އަކީ ކޮބައިކަން އަދިވެސް ނުބުނެވެއެވެ. ސަރޕްރައިޒް މިކިޔައިދެނީ އެވެ. ރަނގަޅަށް އަޑުއަހާށެވެ. 

މީހާއަށް ސުރުގެ ވަދެވި ދަރަޖަ ލިބެނީ އެމީހަކު ދުނިޔޭގައި ހުރިއިރު އެކަމަށްޓަކައި ކުރެވުނު މަސައްކަތަކާއި އެވަރުންނެވެ. ނުވަތަ ﷲ ތަޢާލާ ދެއްވަވާނެ ބޯނަސްތަކުންނެވެ. އެގޮތުން ތިބާގެ މަންމަ އާއި ބައްޕައަށްވެސް ވަނީ ސުވަރުގެ ލިބިފައެވެ. ލިބިފައިވަނީ 10 ވަނަ ޖަރަޖަ ކަމަށް ބަލާށެވެ. 

10 ވަނަ ދަރަޖައިގައި ތިއްބައި މިފެންނަނީ ކުއްލިއަކަށް އެތައް ދަރަޖަތަކަކަށް މަތިވެރިކުރެވިގެންދާތަނެވެ. މިއަށްވުރެ ބޮޑު ސަރޕްރައިޒްއެއް އެއްވެސް މީހަކަށް ލިބޭނެ ހެއްޔެވެ؟ މިއަށްވުރެ ބޮޑު ނިޢްމަތެއް ލިބޭނެ ހެއްޔެވެ؟ މިއަށްވުރެ ބޮޑު އުފަލެއް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ އެމީހުން ސުވަރުގެ ވަދެ ތިބީ އެމީހުންނަށް އެކަމަށް ކުރެވުނު މަސައްކަތަށް އެންމެ ޙައްޤު މިންވަރުގައެވެ. އެކަން އެމީހުން ތިބީ ހިތުގެ އަޑިން ޤަބޫލުކޮށްގެނެނެވެ. ދަރަޖަ މަތިވެރިވެގެން މިދިއައީ އެކަންކަން ހަމަ އުފަލުން ޤަބޫލުކޮށްގެން ތިއްބައެވެ. 

Prophet Muhammad () said:

"A man will be raised in status in Paradise and will say: 'Where did this come from?' And it will be said:'From your son's praying for forgiveness for you.'"

 — Ibn Majah, Hadith 3660 

އެހެންވެ މަންމަ އާއި ބައްޕަ އެމީހުންގެ ދަރަޖަ ކުއްލިއަކަށް މަތިވެރިވި ސަބަބާއިމެދު ސުވާލުކުރާނެތެވެ. މިއީ ކިހިނަކުން ވީކަމެއްތޯއެވެ؟ އެހިނދު ޖަވާބުގައި މައިންބަފައިންނަށް ބުނެވޭނެތެވެ. "އެއީ ތިބާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ތިބާގެ ދަރިން ކުޅަ ދުޢާތަކުގެ ސަބަބުންނެވެ." 

ވީމާ މައިންބަފައިންދެކެ ލޯބިވާނަމަ، މައިންބަފައިންނަށް އެންމެ ފައިދާކުރާނެ އެންމެ ބޮޑު ސަރޕްރައިޒް ދޭން ބޭނުންނަމަ މައިންބަފައިންނަށް ހެޔޮ ދުޢާކުރުން ގިނަކުރާށެވެ! މިހާރު ދުނިޔޭގައި ދެމުން ގެންދާ ހަދިޔާތަކުގެ އަގު ކިތަންމެ ބޮޑު ނަމަވެސް މި ޙަދީޘްފުޅުގައިވާ ހަދިޔާގެ ނިޞްބަތުން ބަލައިފިނަމަ މިހާރު ތިއަ ދޭ ހަދިޔާތަކުގެ އެއްވެސް އަގެއް ނެތެއް ނެތެވެ.

މީގެ މާނައަކީ ދުނިޔޭގައި ތިބޭއިރު މައިންބަފައިންނަށް ހަދިޔާ ނުދިނުމެއް ނޫނެވެ. ދުނިޔޭގައި ތިބޭއިރު މައިން ބަފައިންނަށް ލޯބިކޮށް ރުހުން ހޯދުމަކީ ތިމާ އަށް ސުވަރުގެ ވަދެވޭނެ ތަޅުދަނޑިކަމަށްވެސް ވެދާނެއެވެ. ވީމާ އެކަންކަން ބަރާބަރަށް ބުރަމުން ގެންދާށެވެ. 

ހުރިހާވެސް އިލްތިމާސްއަކީ މައިން ބަފައިން ދުނިޔޭގައި ތިބިއިރުވެސް އަދި މަރުވުމުންވެސް އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރަމުން ގެންދާށެވެ. ތިމާ ދުނިޔޭގައި ހުރިހާ ދުވަހަކު އެކަން ކުރުން ހުއްޓައިނުލާށެވެ. މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު ސަރޕްރައިޒް ދޭ ދަރިއަކީ ތިމާ ވުމަށްޓަކައި ޢާއިލާގެ މެދުގައިވެސް ވާދަކުރާށެވެ. ހަމަގައިމުވެސް އެފަދަ ރޭސްތަކަށް ލިބެން އޮތް ދަރުމަ މާމަތިވެރިއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން