ކޮންމެ ކަމަކަށް އެދުނަސް ދެއްވަވާނެކަމުގެ ޔަޤީންކަން އޮތް "ބިޑް"- ހުށަނާޅައި ކަންނެތްވެގެން ތިބެން ހެޔޮވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކޮންމެ ކަމަކަށް އެދުނަސް ދެއްވަވާނެކަމުގެ ޔަޤީންކަން އޮތް "ބިޑް"- ހުށަނާޅައި ކަންނެތްވެގެން ތިބެން ހެޔޮވެދާނެތަ؟

ބިޑްތައް ކާމިޔާބުކުރަން ބޭނުންވާނަމަ ހުށަހަޅަން ޖެހެނީ ހުށަހަޅަން އޮންނަ ވަގުތުގައެވެ. ހޭލައި ހުރެގެންވެސް އެ ވަގުތުގައި ބިޑް ހުށަހަޅަމުއެވެ. ދެން ބަލައިލަންވީ ތިމާ އެދޭ ކޮންމެ ކަމެއް ނުވަތަ ކަންތައްތައް ޔަޤީންކަމާއިއެކު ޙާޞިލުކުރެވެން އޮތް މަގަށެވެ. 

މިދަންވަނީ އާދައިގެ އިންސާނަކު ދޭ ޔަޤީންކަމެއްގެ ވާހަކައެއް ނޫނެވެ. ކޮންމެ ނިޢްމަތެއްވެސް މިންވަރު ކުރައްވަވާ، ހުރިހާ ކަންކަމެއްވެސް ހިންމަވައި ދެއްވަވާ ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމެކެވެ. 

ވީމާ "ހުކުރު ދުވަހުގައި ދުޢާ އިޖާބަ ކުރައްވަވާ ވަގުތުކޮޅެއްވެއެވެ. ވީމާ އެމީހަކު އެދޭ ކަންކަން ފުއްދަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ." 

އެވަގުތުކޮޅު ޔަޤީންކަމާއިއެނގޭނެ އެއްވެސް ގޮތެއްނެތެވެ. އެނގޭކަމަކީ އެ ވަގުތުކޮޅު ހުކުރުދުވހުގައި ހިމެނިފައިވާކަމެވެ. ގިނަ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެވަގުތުކޮޅު ވަނީ ޢަޞްރުނަމާދާއި އިރުއޮއްސުމާއި ދެމެދުގައެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ 

ހަމައެއާއިއެކު މާދަމާއަކީ ހުކުރު ދުވަސްކަމަށްވުމުން ހުކުރުވިލޭރެއިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސުމުގެކުރިން ކަހްފި ސޫރަތް ކިޔަވާށެވެ. ނަބިއްޔާ () ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ.

މިދުވަސްވަރު ކުރާ ދުޢާގައި ﷲ ތައާލާގެ ޢަދާވާތްތެރިންގެ ކިބައިން ނަޞްރު ދެއްވެވުން އެދުން ހިމަނަންވާނެއެވެ. އިސްލާމްދީން ނިކަމެތިކުރަން މަސައްކަތްކުރާ މީހުންނާއި ދީނަށް ފުރައްސާރަކުރާ މީހުންގެ ކިބައިންނާއި އެމީހުންގެ ވާގިވެރިންގެ ކިބައިން ނަޞްރަށް އެދި ދުޢާކުރަންވާނެއެވެ! އެއިރުން ތިބާގެ އަމިއްލަ ބޭނުންތަކަށް އެދި ކުރާ ދުޢާގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ 

އިސްލާމް ދީނާއި މީސްތަކުން ދުރުކުރުވަން ފަތުރާ ކޮންމެ ފިކުރަކުން ސަލާމަތްވެތިބުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ޢަދުއްވުން އަބަދުވެސް ދާނީ ފިކުރުތައް ފަތުރަމުންނެވެ. އަހަރެމެންނަށް އޮތީ އެއިގެ ނުބައިކަމުން ސލާމަތްވެ ތިބުމަށް މަސައްކަތްކުރުމާއިއެކު އެފަދަ ނުބައި ކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން