ފާފަކުރެވުނަސް ފަތުގައި ރެކޯޑްނުކުރައްވަވާނެ |ނުލިޔުއްވަވާނެ| މަގުވެސް މިއޮތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފާފަކުރެވުނަސް ފަތުގައި ރެކޯޑްނުކުރައްވަވާނެ |ނުލިޔުއްވަވާނެ| މަގުވެސް މިއޮތީއެވެ!

"ވައަތު ކޮނޑުގައި ތިއްބަވާ މަލާއިކަތުން ތިއްބަވަނީ އަހަރެމެންނަށް ކުރެވޭ ފާފަތައް ފަތުގައި ލިޔުއްވެވުމަށެވެ. އެހެނަސް އިންސާނާއަށް ފާފައެއް ކުރެވޭ ހިނދު ﷲ ތަޢާލާ ވަޙީކުރައްވަވަނީ އަދި އިހަށް އެފާފަ ނުލިޔުއްވައި މަޑުކޮށްލެއްވެވުމަށެވެ. 

6 ގަޑިއިރު ތެރޭގައި ތައުބާވެއްޖެނަމަ އެފާފަ ފަތުގައި ނުލިޔުއްވަވާނެތެވެ. ތައުބާ ނުވިނަމަވެސް މަލާއިކަތުންނަށް އަންނގަވަނީ ހަމަ އެންމެ ފާފައެއް ކުރި ކަމަށް ލިޔުއްވެވުމަށެވެ. (މާނައީ ހެޔޮކަމެއް ކޮށްފިނަމަ މަދުވެގެން 10 ހެޔޮކަން ލިޔުއްވެވި ނަމަވެސް ކުރެވޭ ފާފަތައް އިތުރު ނުކުރައްވަވާ ކަމެވެ.(" 

- ޝައިޚް އިލްޔާސް ޙުސައިން 

މި ބަސްފުޅުގެ މާނަ އޮޅުވައިނުލާށެވެ! މިއީ ހިތަށްއެރިހައި ވަރަކަށް ފާފަކުރަން ލިބޭ ހުއްދައެއް ނޫނެވެ. 6 ގަޑިއިރުތެރޭގައި ތައުބާވެއްޖެނަމަ ފަތުގައި ނުލިޔުއްވަވައި ދޫކޮށްލައްވަވާނެތީ ބޭނުންވާހައި ފާފަތަކެއް ކުރުމަށް އޮތް ފުރުޞަތެއް ނޫނެވެ. 

އަބަދުވެސް މަސައްކަތްކުރަންވާނީ ފާފައެއް ނުކޮށް ހުރުމަށެވެ. ފާފަތަކާއި ދިރުހެލިވުމަށެވެ. ޝައިޚް ބަޔާންކޮށްދެއްވަވާފައި އެވަނީ ފާފަ ނުކުރަން މަސައްކަތްކުރަނިކޮށްވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަތުމުގެ މުހިންމުކަން ބޮޑުކަމެވެ. ތައުބާވާމީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރާއި އެކަލާނގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. 

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/100013277642244/videos/564706131926135

 

މިއަދު އޮންލައިން