އިސްލާމް ދީނުގެ ހިމާޔަތުގަ އެމީހަކަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރަން އިމާމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އިސްލާމް ދީނުގެ ހިމާޔަތުގަ އެމީހަކަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރަން އިމާމް ގޮވާލައްވައިފި

ﷲ ތަޢާލާއަށާއި ރަސޫލާ ﷺ އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރުން ގިނަވެ އިސްލާމް ދީނާއި ދެކޮޅަށް ޢަދާވާތްތެރިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރުކުރަމުން ގެންދާތީ އިސްލާމް ދީނުގެ ހިމާޔަތުގައި އެމީހަކަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރަން އިމާމް ގޮވާލައްވައިފި އެވެ.

މިފަދަ މޭރުމަކުން އިމާމް ގޮވާލައްވާފައި މިވަނީ އިސްލާމް ދީން ނެތިކޮށްލުމަށް އިންޑިއާގައި ހައްދުފަހަނައަޅާފައިވާ ހިންދޫން ހިންގާ ޙަރަކާތްތައް ވަރަށް ނުރައްކައުތެރި ޙާލަތަކަށް ގެންގޮސްފައިވާ ވަގުތެއްގައެވެ. އަދި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާތައްވެސް އިންތިހާއަށް އިތުރުވެފައިވާ ވަގުތެއްގައެވެ. 

މިއަދުގެ ޚުޠުބާއަކީ ކުރިންވެސް ކިޔަމުން އަންނަ ޚުޠުބާއަކަށް ކުދިކުދި ބަދަލުތައް ގެނެސްގެން ކިޔާފައިވާ ޚުޠުބާއަކަށްވުމުން މިއަދުގެ ޙާލަތު ބަޔާން ކުރުމުގައި ކޮށިކަމެއް ހުރިކަން ފާހަގަކުރެވުނު ނަމަވެސް ޚުޠުބާގައި ބަޔާން ކުރި ކަންކަމަކީ ކޮންމެ މުސްލިމަކުވެސް ހޭލުންތެރިވާންޖެހިފައިވާ ކަންކަން ކަމުގައިވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން