ބައެއް ލިޔުންތަކުން ފެނިފައިވާ ގޮތުން އެންމެ އަނިޔާވެރި ގޮތުގައި މަރުގެ އަދަބު ދީފައިވަނީ މީހާގެ ހަށިގަނޑު ދެބުރިކޮށްލައިގެންނެވެ. އެގޮތަށް މަރުގެ އަދަބުދެނީ އެންމެ ބޮޑެތި ކުށްވެރިންނަށެވެ.
ހަށިގަނޑު ދެބުރިކޮށްލުމުން އެތައް އިރެއްވަންދެން މަރުނުވެ ފުރާނަހުރެއެވެ. އެގޮތަށް މަރުގެ އަދަބު ދިނުން ހުއްޓުމަކަށް އައީ އިސްމަޤާމެއްގައި ހުރި މީހަކަށް އެގޮތަށް މަރުގެ އަދަބުދިނުމުން މަރުވުމުގެކުރިން 7 ފަހަރު އޭނާގެ ލެއިން "މިއީ ވަރަށް ބޮޑު އަނިޔާއެއް" ލިޔުމުން ކަމަށް ބުނެއެވެ.