ތިބާއަށް ސުވަރުގެ ވައްދަވާ ސަބަބަކީ ހެޔޮ ޢަމަލުކުރަން އެހެން މީހުންނަށް ހަނދާންކޮށްދިނުން ކަމުގައިވެދާނެ! އަނެކާ ޢަމަލު ނުކުރިނަމަވެސް ހަނދާންކޮށްދިނުން ހުއްޓާނުލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިބާއަށް ސުވަރުގެ ވައްދަވާ ސަބަބަކީ ހެޔޮ ޢަމަލުކުރަން އެހެން މީހުންނަށް ހަނދާންކޮށްދިނުން ކަމުގައިވެދާނެ! އަނެކާ ޢަމަލު ނުކުރިނަމަވެސް ހަނދާންކޮށްދިނުން ހުއްޓާނުލާތި!

އެކުވެރިޔާއަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ ހެޔޮ އަމަލެއް ކުރަން ހަނދާންކޮށްދިނުމެވެ. އަދި އެއީ ތިމާއަށް ވެސް ވަރަށް ފައިދާހުރިކަމެކެވެ. ހަނދާންކޮށްދިނުމުން އޭނާ އެކަން ކޮށްފިނަމަ އޭނާއަށް ޘަވާބު ލިބޭނެއިރު އޭނާ އެކަން ކުރި ނަމަވެސް ނުކުރި ނަމަވެސް ހަނދާންކޮށްދިން މިހާއަށް ޘަވާބު ދެއްވަވާނެތީއެވެ. އިން ޝާ ﷲ

ދުނިޔޭގައި ހޭދަކުރަން ފުރުޞަތު މިލިބޭ މަދު ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ. އެގޮތުން ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވޭނެ އެއްކަމަކީ އެމީހާގެ ގާތް މީހުންނަށް ހެޔޮ އަމަލުތައް ކުރަން ހަނދާންކޮށްދިނުމެވެ. އެހެނީ މީހެއްގެ ސަބަބުން މީހަކު ހެޔޮ އަމަލެއް ކޮށްފިނަމަ އެކަން ކުރި މީހާގެ ޘަވާބުން އެއްވެސް މިންވަރެއް އުނިކުރެއްވެވުމެއް ނެތި ހަނދާންކޮށްދިން މީހާއަށްވެސް ޘަވާބު ދެއްވަވާނެތީއެވެ.

މިހާރަކަށް އައިސް މުވާސަލާތީ ގުޅުންތައް ފަސޭހަވުމުން ގިނަ ބައަކު އެންމެ ގިނައިން ކުރާ ކަމަކީ ކޮފީތަކަށާއި ކެއުންތަކަށް ދައުވަތު ދިނުމެވެ. އެކަންކަމަށް ދައުވަތު ދޭ އުޞޫލުން ހެޔޮ އަމަލުތައް ކުރަންވެސް ދަޢުވަތުދޭށެވެ. އަދި އެދުވަހަކު އޮންނަ ދަރުސްތަކާއި ޖަނާޒާތައް މަތިން ހަނދާންކޮށްދޭށެވެ. އެކަމުން އެކުވެރިޔާއަށާއި ތިބާއަށް ކުރާ ފައިދާ މާބޮޑުވާނެއެވެ 

ދައުވަތުދޭންވީ ސީރީޒް ބަލާށާއި ގޭމްކުޅޭކަށް ނޫނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކުޅޭ ކުޅިވަރުތައް ބަލާކަށްވެސް ނޫނެވެ. ދަޢްވަތުދޭންވީ ދީނީ ދަރުސްތައް އަޑުއަހާށެވެ. ފައިދާކުރާނީ އެފަދަ ކަންކަމުންނެވެ 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން