މަޖަލަކަށް ނުވަތަ މީހަކު ހެއްވާލުމުގެ ބޭނުމުގަވެސް ދޮގު ނުހަދާށެވެ! އެމީހަކަށް ހަލާކުހުރިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
މަޖަލަކަށް ނުވަތަ މީހަކު ހެއްވާލުމުގެ ބޭނުމުގަވެސް ދޮގު ނުހަދާށެވެ! އެމީހަކަށް ހަލާކުހުރިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!

ޢާންމުކޮށް ދޮގުނުހަދާ ބައެއް މީހުންވެސް މީހުން ހެއްވާލަން ނުވަތަ މަޖަލަކަށް އެބަ ދޮގުހަދައެވެ. އެއީ ކިހައިވަރެއްގެ ކަމެއްކަމާއިމެދު ވިސްނާނުލައިތިބެއެވެ.  

"މީހުން ހެއްވާލުމުގެ ބޭނުމުގައި ނަމަވެސް ދޮގުބުނާ މީހުންނަށް ހަލާކު ހުރި" ކަމަށް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. (އަބީ ދާވޫދު 4990) 

މީސްތަކުންނޭވެ! ދޮގު ހެދުމުގެ ނުބައި އާދަ އުންމަތުގައި އަށަގެންފައި މިވަނީ ވަކިވަރަކަށް ނޫނެވެ. އެކަން ޢާންމުވެފައިވާވަރުން އެއީ ފާފައެއް ކަމަށް ޤަބޫލުކުރެވޭ މީހުންވެސް ވަރަށް މަދުވެއްޖެ ކަމަށް ބުނެވިދާނެއެވެ.  

Prophet Muhammad () said:

“Woe to the one who tells lies to make people laugh, woe to him.”

Sunan Abi Dawud 4990 Book 43, Hadith 218 

ސަމާސައަށް ވެސް، އަދި ބައަކު ހެއްވާލަން ނަމަވެސް ދޮގު ނުހަދާށެވެ! އެމީހާއަކީ ﷲ ތަޢާލާގެ ރަހްމަތުން ބޭރުވެ ބޮޑެތި މުޞީބާތްތަކެއް ކުރިމަތިވެދާނެ މީހެއްކަން މި ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން