ކުދިކުދި ކަންކަމާއި ގުޅުވައިގެންވެސް ނަމާދުނުކޮށް ހުންނަން ބިރު ނުގަންނަ އެކުވެރިންނަށް މިލިޔުން ޝެއާކޮށްލަދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ކުދިކުދި ކަންކަމާއި ގުޅުވައިގެންވެސް ނަމާދުނުކޮށް ހުންނަން ބިރު ނުގަންނަ އެކުވެރިންނަށް މިލިޔުން ޝެއާކޮށްލަދެއްވާ!

އަޅުގަނޑުގެ އެކުވެރިއަކު ވަރަށް ކުދިކުދި ކަންކަމާއި ގުޅުވައިގެންވެސް ނަމާދުނުކޮށް ހުރެއެވެ! އޭނާއަށް ދޭނެ ނަޞޭޙަތެއް ބުނެދީފާނަންތަ؟

ކިޔުންތެރިޔާގެ ސުވާލާއި ގުޅިގެން ބުނަން އޮތީ ތިރީގައިވާ 2 ލިޔުމުން ނަޞޭޙަތާއި ޖަވާބުލިބޭނެ ކަމަށް އުންމީދުކުރަމެވެ. 

ނަމާދު ނުކޮށް ހުންނަން ހުއްދަވާ ޢުޒުރެއް ނެތި ބުއްދި ސަލާމަތުން ހުރިމީހަކު ނަމަ ނަމާދު ނުކޮށް ދޫކޮށްލެވޭނެ ޝަރުޠު އެންމެންނަށްވެސް އެނގެއެވެ. އެއީ ނިދުމާއި ހަނދާންނެތުމެވެ. 

މިސާލަކަށް ބުނާނަމަ ހައިޟުވެރިންނަށާއި ނިފާސްވެރިންނަށް ނަމާދުކުރުމެއް ނެތެވެ. ނަމަވެސް ޖުނުބުވެރިންނަށް ހިނައިގަނެ ނަމާދުނުކޮށް ނުތިބެވޭނެއެވެ. 

ނިދުމުގެ މާނައިގައިވެސް ނަމާދަށް ހޭލަން ބޭނުންނުވެ ޤަޞްދުގައި ނިދާފައި އޮންނައޮތުން ޢިލްމުވެރިން ނުހިމަނުއްވައެވެ. މިސާލަކަށްބުނާނަމަ ފަތިސްނަމާދަށް ހޭލަން ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ. ގަޑި ނުވަތަ ފޯނު ސޯނާކުރަންވާނެއެވެ. ކުރިއާލައި ނިދަން މަސައްކަތްކުރަންވާނެއެވެ. ނިދުމުގެކުރިން ކުރުސިވެސް ކިޔަންވާނެއެވެ.  

ވުޟޫގެ ގުނަވަނެއްގައި ފެން ނުޖެއްސޭނަމަ ތަޔައްމަމް ކޮށްގެންވެސް ނަމާދުކުރަންވާނެއެވެ. ކޮވިޑްގެ ބާރުބޮޑު ދުވަސްވަރު މުސްލިމް ޑޮކްޓަރުން އެހައި ބުރަކޮށް މަސައްކަތްކުރަމުން ވެސް ނަމާދުކުރިއެވެ. ތަޅުމުގައި އަތްލަން ޖެހިލުންވާތީ އުޅުނީ ތަޔައްމަމްކުރާނެ ހިލަ ޖީބަށް އަޅައިގެންނެވެ. މުސްލިމުންނަކީ އެހާލަތުގައިވެސް ނަމާދުއަޅައިގެންވާނެ ބައެއް ނޫންވީމައެވެ. 

އެއީ ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދުން ކަމަށްވެފައި ނަމާދުން ފޭލްވެއްޖެނަމަ އެހެން އަމަލުތައް ފޭލްވެގެންދާނެކަމުގެ ބިރަކީ އޮތް އެންމެ ބޮޑު ބިރުކަމަށްވާތީއެވެ. އެއަށްވުރެ ބޮޑު ބިރެއް ނެތެވެ. މަރުވުމަށްވުރެވެސް ބޮޑުކަމަކީ އެއީކަމަށްވާތީއެވެ. 

ކަންމިހެން އޮތް ނަމަވެސް ބައެއް މީހުން ބަލަނީ ކިތަންމެ ކުޑަ ކަމެއް ކުރިމަތިވި ނަމަވެސް ނަމާދު ނުކޮށް ހުރުމަށެވެ. އެކަން ބަހަނާއަކަށް ދައްކައިގެންނެވެ. ނަމާދު އެޅުމަށް އޮތީ އެންމެ ދެ އުޒުރު ކަމާއި އެއީ ވަގުތުޖެހި، ވަގުތު ފާއިތުވި އިރުވެސް ނިދިފައި އޮތުމާއި ހަނދާން ނެތުންކަން ހަނދާނަކު ނުހުރެއެވެ. 

މީސްތަކުންނޭވެ! ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. އެ ތަނބު މުގުރައި ނުލާށެވެ! އެ ތަނބު މުގުރާ މީހަކަށް ޤިޔާމަތް ދުވަހު ސަލާމަތް ކަމެއް ނެތިދާނެ ކަމަށް ބިރުވެތިވާށެވެ! ކޮންމެ ހާލެއްގައި ނަމަވެސް ކޮންމެ ނަމާދެއްވެސް އެ ނަމާދުގެ ވަގުތުގައި ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ކޮންމެ ދުވަހަކު ވެސް އެދުވަހަކު ކުރަން ޖެހޭ 5 ނަމާދު ތަރުތީބުން ކުރުމަކީ އެހެން އެއްވެސް ކަމެއް ނުކުރި ނަމަވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ޤަބޫލުކޮށް އެކަމަށް ޢަމަލުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން